ކުރިއަށް އޮތް ރިޔާސީ އިންތިހާބާބެހޭގޮތުން އިދިކޮޅު މައި ޕާޓީ ޕީޕީއެމްއާއެކު ރަސްމީ އެއްވެސް ވާހަކަތަކެއް ދެކެވެމުން ނުދާ ކަމަށް، ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހިމް ވިދާޅުވެއްޖެއެވެ.
"ވަންއޮންލައިން" އަށް އަމީން މިއަދު ވިދާޅުވީ، ކުރިއަށް ރއޮތް ރިޔާސީ އިންތިހާބުގައި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ވާދަ ކުރައްވަން ނިންމެވުމާ ގުޅިގެން އެކަމާބެހޭގޮތުން މަޝްވަރާ ކުރުމަށް ޕީޕީއެމައަށްވެސް ސިޓީ ފޮނުވި ކަމަށެވެ. ނަމަވެސް އަދި އެ ސިޓީއަށް ޖަވާބެއް ލިބިފައި ނުވާ ކަމަށްވެސް އަމީން ވިދާޅުވިއެވެ.
"އަޅުގަނޑުމެން އެ ބޭފުޅުންނަށް ސީޓީއެއް ފޮނުވިން އަދި އެބޭފުޅުންގެ ހަބަރެއް ނުވޭ، އަދި ދުވަސްކޮޅެއް ނަގަނީކަންނޭގެ މިދުވަސްކޮޅު އެހެން ކަންތައްތަކެއް ދިމާވެގެން އުޅޭތީ،"
އަމީން ވިދާޅުވީ ރިޔާސީ އިންތިހާބުގައި ޖޭޕީއާއެކު ކުރިއަށްދާން ބޭނުން ކޮންމެ ބަޔަކާއެކު ކުރިއަށްދިއުމަށް ޖޭޕީން ތައްޔާރަށް އޮތް ކަމަށެވެ.
މައި އިދިކޮޅު ޕާޓީ ޕީޕީއެމްއާއެކު ރަސްމީ ވާހަކަތައް ކުރިއަށް ނުގެންދިޔަ ނަމަވެސް، ރައީސް މައުމޫނުގެ އެމްއާރުއެމް އާއި، ވެރިކަން ހިންގާ މައި ޕާޓީ އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނުގެ އިތުރުން ކުރީގެ ނައިބުރައީސް އަހުމަދު އަދީބު އަބްދުލް ޣަފޫރުގެ އެމްޓީޑީއާއެކު ޖުމްހޫރީ ޕާޓީން ވަނީ މަޝްވަރާތައް ކުރިއަށް ގެންގޮސްފައެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުއި، އެމްޑީޕީގެ ކެންޑިޭޓެއް ގޮތުގައި ނިކުމެވަޑައިގެންނެވި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއެކު އިއްތިހާދުވުމަށް މިހާތަނަށް ނިންމާފައިވަނީ، އަދާލަތު ޕާޓީ އާއި އެމްޑީއޭއިންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު