އިންޑިއަން އޯޝަން ކޮންފަރެންސްގެ ހަވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ނައިބު ރައީސް ފައިސަލް ނަސީމް ބަންގްލަދޭޝްއަށް މިރޭ ފުރާވަޑައިގެންފިއެވެ.
ރައީސް އޮފީހުން މިރޭ ބުނީ އިންޑިއަން އޯޝަން ކޮންފަރެންސްގެ ހަވަނަ ބައްދަލުވުން ބާއްވާނީ މިމަހުގެ 12 ވަނަ ދުވަހުން 13 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. އެ ކޮންފަރެންސް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވާނީ ނައިބު ރައީސް ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ބަންގުލަދޭޝްގައި މިފަހަރު ބާއްވާ ހަވަނަ އިންޑިއަން އޯޝަން ކޮންފަރެންސްގެ ޝިއާރަކީ "ދެމެހެއްޓެނިވި ކުރިމަގަކަށް ސުލްހަ އާއި ފާގަތިކަން އަދި ބައިވެރިވުން"އެވެ.
އިންޑިއަން އޯޝަން ކޮންފަރެންސް ބޭއްވުމުގެ މައިގަނޑު މަގުސަދަކީ އިންޑިއާ ކަނޑުގެ ސަރަހައްދީ ގުޅުން ބަދަހިކުރުމުގެ މަގުޗާޓެއް އެކުލަވާލުމަށްޓަކައި ކަމާބެހޭ ފަރާތްތައް އެއްތަނަކުން ބައްދަލުވެ، މަޝްވަރާ ކުރުމެވެ.
ރައީސް އޮފީހުން ބުނީ، އެ ބައްދަލުވުމުގެ ހަވާސާގެ ތެރެއިން ނައިބު ރައީސް ބަންގުލަދޭޝް ސަރުކާރުގެ އިސްވެރިންނާ އެކު މަޝްވަރާގެ ބައްދަލުވުންތަކެއް ބާއްވަވާނެ ކަމަށެވެ. އަދި ނައިބު ރައީސް ބަންގުލަދޭޝްގައި ދިރިއުޅޭ ދިވެހިންނާ ވެސް ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު