އަވަށްޓެރި ސްރީ ލަންކާގައި މަސްތުވާތަކެތި ގެންގުޅުނު ދިވެއްސަކު ހަތް އަހަރަށް ޖަލަށް ލުމަށް އެ ގައުމުގެ ހައި ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.

ލަންކާގެ ސަރުކާރުގެ ނޫހެއް ކަމުގައިވާ "ޑެއިލީ ނިއުސް"ގައިވާ ގޮތުގައި ޕާޓީ ޑްރަގެއް ކަމުގައިވާ އެމްޑީއެމްއޭ ގެންގުޅުނު ކަމުގެ ތުހުމަތުގައި ޒިދާން އިބްރާހިމް ކިޔާ ދިވެއްސަކު ހައްޔަރުކުރީ 16 މެއި 2018 ގައެވެ.

ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅޭ ދެހިވަލަގެ ނެދިމާލައިން ޒިދާން ހައްޔަރުކުރީ، ލަންކާގެ ސްޕެޝަލް ޓާސްކްފޯސް އޯގަނައިޒްޑް ކްރައިމް ޑިވިޝަނުން ކުރިއަށް ގެންދިޔަ ބަލައި ފާސްކުރުމުގެ އޮޕަރޭޝަނެއްގެ ތެރެއިންނެވެ.

ނަމަވެސް ޒިދާން އަތުން ފެނުނީ ކިހައި އަދަދެއްގެ ޑްރަގެއް ކަމެއް ސާފެއް ނޫނެވެ.