ރަސްމީ ދަތުރެއްގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ސާބިއާއަށް ވަޑައިގެންފިއެވެ.
ފޮރިން މިނިސްޓްރީން ރޭ ބުނީ، އެ ދަތުރުގެ ތެރެއިން ޝާހިދު، ސާބިއާގެ ފޮރިން މިނިސްޓަރު އިވިކާ ޑަޗިޗްއާއެކު މުހިންމު މަޝްވަރާތަކެއް ކުރައްވާނެ ކަމަށެވެ. އަދި ރާއްޖެއާ ސާބިއާއި ދެމެދު މުހިންމު ފަސް އެއްބަސްވުމެއްގައި ސޮއިކުރައްވާނެ ކަމަށެވެ.
ރާއްޖެއާއި ސާބިއާ ދެމެދު ސޮއިކުރަން ހަމަޖެހިފައިވަނީ ވިސާއާ ގުޅޭ އެއްބަސްވުމަކާއި، ޓްރޭޑް އިންވެސްޓްމަންޓް، އިކޮނޮމިކް ކޯޕަރޭޝަންގެ އެއްބަސްވުމަކާއި، އެއާ ސާވިސަސް އެއްބަސްވުމެއް އަދި ޑިޕްލޮމެޓިކް އެޑިއުކޭޝަންގެ އެއްބަސްވުމެއްގެ އިތުރުން ކުޅިވަރުގެ ދާއިރާއިގެ އެއްބަސްވުމެއްކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
މިނިސްޓަރު ޝާހިދު ވިދާޅުވީ، ރާއްޖެއާއި ސާބިއާގެ ދެމެދުގައި އޮންނަ ގުޅުން މި ދަތުރުގެ ސަބަބުން އިތުރަށް ވަރުގަދަވެގެންދާނެ ކަމަށެވެ.
މިދިޔަ އަހަރުވެސް ޝާހިދު ވަނީ ސާބިއާއަށް ރަސްމީ ދަތުރެއް ކުރައްވައިފައެވެ. އެ ދަތުރަކީ އިވިކާ ޑަޗިޗުގެ ދައުވަތަކަށް ކުރެއްވި ދަތުރެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު