އުތުރުގެ ރަށެއްގައި ގްރޫޕަކުން ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.

ފުލުހުން މިއަދު ބުނީ އަޕާ ނޮދާން އޭރިއާ (ހއ. ހދ. އަދި ށ އަތޮޅު) ގައި ހިމެނޭ ރަށެއްގައި 14 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް މިދިޔަ މަހުގެ 29 ވަނަ ދުވަހު އެ އިދާރާއަށް ހުށަހަޅާފައިވާ ކަމަށެވެ.

އެ މައްސަލަ ތަހުގީގުކުރަމުން އަންނައިރު މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށް ފުލުހުން ބުންޏެވެ.

އެނގިފައިވާ ގޮތުގައި އެ ކުއްޖާއަށް އެކި ދުވަސްމަތިން ގިނަ އަދަދެއްގެ ފިރިހެނުން ވަނީ ޖިންސީ ގޯނާކޮށްފައެެވެ.

ޖެންޑާ މިނިސްޓްރީގެ އޮފިޝަލަކު "ވަން" އަށް މިއަދު ވިދާޅުވީ، ޖިންސީ ގޯނާގެ ޝިކާރައަކަށްވި ކުއްޖާއަށް ރައްކާތެރިކަމާއި އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.