މާލެއިން ފުރައިގެން ވ. އަތޮޅަށް ދަތުރުކުރި ބޯޓެއްގެ ހަބަރެއް ނުވެގެން ހޯދަންފަށައިފި އެވެ.

ކޯސްޓް ގާޑުން ބުނީ ގެއްލިގެން ހޯދަމުން އަންނަނީ ސަވާރީ ނަމަކަށް ކިޔާ ބޯޓެއް ކަމަށެވެ.

ބޯޓު ގެއްލުނު އިރެއް، ނުވަތަ ބޯޓާ ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް ވެސް ކޯސްގާޑުން އަދި އާއްމެއް ނުކުރެ އެވެ. ބޯޓުގައި ތިބީ ކިތައް މީހުން ކަމެއްވެސް ނޭނގެއެވެ.

"ވަން" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، މި ބޯޓު މާލެއިން ފުރާފައިވަނީ ރޭ ދަންވަރުގެ ވަގުތެއްގަ އެވެ. މުދާ ބަރުކޮށްގެން ބޯޓު ދަތުރުކުރަމުން ދިޔައީ ވ. އަތޮޅަށެވެ.