ވިސާއާ ނުލައި ދިވެހިންނަށް ކެމްބޯޑިއާއަށް ދަތުރުކުރެވޭ އެއްބަސްވުމަށް މިއަދު އަމަލުކުރަން ފަށައިފިއެވެ.
މި އަހަރުގެ ޖަނަވަރީ 16 ވަނަ ދުވަހު ކެމްބޯޑިއާއާއި ރާއްޖެއާ ދެމެދު ސޮއިކުރި އެއްބަސްވުމުގެ ދަށުން ކެމްބޯޑިއާއިން ދިވެހީންނަށް 30 ދުވަހުގެ އޮން އެރައިވަލް ވިސާ ލިބޭނެއެވެ.
ނަމަވެސް އެ މުއްދަތަށްވުރެ ގިނަ ދުވަހަށް ކެމްބޯޑިއާގައި މަޑުކުރާ ނަމަ ނުވަތަ މަސައްކަތަކަށް ނުވަތަ ކިޔަވަން ދާނަމަ ނުވަތަ އެ ގައުމުގައި ވިޔަފާރިއެއް ހިންގާނަމަ ރާއްޖެއިން ފުރުމުގެ ކުރިން އެކަމާ ގުޅޭ ވިސާ ނަގަން ޖެހޭނެއެވެ.
ރާއްޖޭގެ ފޮރިން މިނިސްޓްރީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ ވިސާ ނެތި ދިވެހިންނަށް ކެމްބޯޑިއާއަށް ދެވޭ ގޮތް ވުމަކީ ދެ ގައުމުގެ ހާރިޖީ ގުޅުން ވަރުގަދަވެ، ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން ބަދަހިވާނެ ކަމެކެވެ. އެކަމުގެ ސަބަބުން ރާއްޖެއަށާއި ކެމްބޯޑިއާއަށް ވިޔަފާރިއާއި އިންވެސްޓްމަންޓްގެ ފުރުސަތުތައް ލިބޭނެ ކަމަށް ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު