ޗެލްސީ އާއި އާސެނަލް އެންމެފަހުން ލީގުގައި ކުޅުނު މެޗުގައި، ޗެލްސީގެ ޔުކްރެއިން ފޯވަޑް މައިހައިލޯ މުޑްރީކްގެ މޫނަށް ލޭޒާއިން އަލިއެޅުވި އާސެނަލްގެ ސަޕޯޓަރަކު ހައްޔަރުކޮށްފިއެވެ.
ލަންޑަނުގެ ފުލުހުން ބުނެފައި ވަނީ ލޭޒާ އެޅުވި މައްސަލައިގައި އުމުރުން 21 އަހަރުގެ ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އަދި އޭނާއަށް އެކަށީގެންވާ އަދަބު ދޭނެ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
މެޗުގެ 71 ވަނަ މިނެޓުގައި ބަދަލަކަށް މެޗަށް ނުކުތް މުޑްރީކްގެ މޫނަށް ލޭޒާ އެޅިވި މައްސަލައިގައި އާސެނަލުންވެސް ބަޔާނެއް ނެރެފައިވާ އިރު، އެ ކްލަބުން ބުނީ ސަޕޯޓަރުގެ ފަރާތުން ފެނުނީ "ނުރައްކާތެރި އަމަލެއް ކަމަށާއި އެއީ ގަބޫލުކުރެވޭނެ އަމަލެއް ނޫން،" ކަމަށެވެ.
އާސެނަލުން އިތުރަށް ބުނީ އެ މައްސަލައިގެ ތަހުގީގުގައި ފުލުހުންނަށް ފުރިހަމައަށް އެއްބާރުލުން ދޭނެ ކަމަށާއި ހަރުކަށި އަދަބުވެސް އެ ސަޕޯޓަރަށް ދެވޭނެ ކަމަށެވެ.
ޗެލްސީ އާއި އާސެނަލް، އާސެނަލްގެ އެމިރޭޓްސް ދަނޑުގައި ކުޅުނު މެޗުން އާސެނަލް މޮޅުވީ 3-1 ގެ ނަތީޖާއަކުންނެވެ. އެ ނަތީޖާއާއެކު އާސެނަލުން ތާވަލުގެ އެއްވަނައަށް ޖެހިލި އިރު، ޗެލްސީ އޮތީ 12 ވަނައިގައެވެ.
ޗެލްސީ ދަށްކޮށް ފެންނަ މި ސީޒަނުގައި އެޓީމަށް ގެނައި އެންމެ އަގުބޮޑު އެއް ކުޅުންތެރިޔަކީ މުޑްރީކެވެ. 89 މިލިއަން ޕައުންޑަށް ޝަކްޓާ ޑޮނެސްކުން ގެންދިޔަ މުޑްރީކަށް އަދި ވަނީ ރަނގަޅު ފޯމެއްގައި ކުޅެވޭ ގޮތް ނުވެފައެވެ.
ޗެލްސީ
ޗެލްސީ
ޗެލްސީ
ޗެލްސީ