ހުޅުމާލެ ފޭސް ދޭއްގައި ޕިކަޕަކާއި ސައިކަލެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި އެކަކަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެއެވެ.
ފުލުހުން މިއަދު "ވަން" އަށް ބުނީ ހުޅުމާލެ ފޭސް ދޭއްގެ ނިރޮޅު މަގުގައި ޕިކަޕަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމުގެ މައުލޫމާތު މިއަދު 3:17 ހާއިރު ފުލުހަށް ލިބިފައިވާ ކަމަށެވެ.
މި އެކްސިޑެންޓްގައި 20 އަހަރުގެ ޒުވާނަކަށް އަނިޔާވެފައިވާ ކަމަށެވެ. އަދި އޭނާއަށް ހުޅުމާލެ ހޮސްޕިޓަލްގައި ފަރުވާދެމުންދާ ކަމަށެވެ.
ފުލުހުން އަންނަނީ މި އެކްސިޑެންޓާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންނެވެ.
"ވަން" އަށް ލިބިފައިވާ ވީޑިއޯއެއްގައި ފެންނަ ގޮތުން، އެކްސިޑެންޓް ވެފައިވަނީ ޖީއެން ސައިކަލެއް ދުއްވާފައި ދިޔަ ޒުވާނަކަށެވެ. އަދި އޭނާގެ ބޮލަށް އަނިޔާވެ، އޭނާގެ ބޮލުން ގިނަ އަދަދެއްގެ ލޭ ފައިބައިފައި ހުއްޓެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު