ދަ ކޮކޫން ކަލެކްޝަން އިން ރާއްޖޭގައި ތަރައްގީކުރާ ތިންވަނަ ރިސޯޓު އަންނަ ސެޕްޓެމްބަރު މަހު ހުޅުވަން ތައްޔާރުވަމުން އަންނަ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
ކޮކޫން ކަލެކްޝަން އިން ކ. އަތަޮޅުގައި ތަރައްގީ ކުރަމުން އަންނަ ޖޯއި އައިލެންޑް އަކީ ކ. ދިއްފުށީގެ ހުޅަނގު އުތުރުން އޮންނަ ކައްސަންފަރު ފަޅުތެރެއިން ހިއްކައިގެން ހަދަފާއިވާ ރިސޯޓެކެވެ. ކޮކޫން އިން މައުލޫމާތު ދޭ ގޮތުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ލޯންޗެއްގައި ފުރައިގެން ގާތްގަނޑަކަށް 40 ވަރަކަށް މިނެޓުން ދެވޭ ހިސާބުގައި އޮންނަ މި ރިސޯޓު ހުޅުވާނީ ސެޕްޓެމްބަރު 1ގަ އެވެ.
ކޮކާލެއްގެ ބައްޓަމަށް ޑިޒައިންކޮށްފައިވާ ފަސްތަރީގެ މި ރިސޯޓުގައި އިރުއަރާ އަދި އިރުއޮއްސޭ މަންޒަރު ފެންނަ 151 ވިލާ ހުރެއެވެ. އޭގެ ތެރޭގައި ބީޗް ވިލާ އާއި ވޯޓާ ވިލާ ހިމެނޭ އިރު އޯވާ ވޯޓާ ޑްރީމް ސްޕާ އަކާއި ޕަޑީ ޑައިވިން ސެންޓަރަކާއި، ވޯޓާ ސްޕޯޓްސް ސެންޓަރެއްގެ އިތުރުން ކިޑްސް ކްލަބެއްވެސް ހުންނާނެ އެވެ. ތިން ރެސްޓޯރެންޓާއި ތަފާތު ޑިޒައިންތަކުގެ އައުޓްލެޓްތައް ހުންނައިރު ރިސޯޓުގެ މައި ރެސްޓޯރަންޓް ޑިޒައިން ކޮށްފައިވަނީ ދުނިޔޭގެ އެކި ގައުމުތަކުގެ ސްޓްރީޓް ފުޑްގެ ރަހަތައް ދައްކާލާ މާކެޓެއް ގޮތަށެވެ.
ޖޯއީ އައިލެންޑުގެ އިތުރުން ކޮކޫން މޯލްޑިވްސް އިން ރާއްޖޭގައި ދެ ރިސޯޓެއް ހިންގައެވެ. އެއީ ކޮކޫން މޯލްޑިވްސް އާއި ޔޫއެންޑްމީ ބައި ކޮކޫން އެވެ.
ޚަބަރު
ޚަބަރު
ޚަބަރު