ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މާދަމާ ހާއްސަ ވީޑިއޯ މެސެޖެއް ދެއްވަން ނިންމަވައިފިއެވެ.
ރައީސް އޮފީހުން މިރޭ ބުނީ ރައީސް ސޯލިހު މާދަމާ ހެނދުނު 10:00ގައި ދެއްވާ އެ މެސެޖު ރާއްޖޭގެ ޓީވީތަކުންނާއި އެ އޮފީހުގެ ރަސްމީ ސޯޝަލް މީޑިއާ އެކައުންޓުތަކުން ލައިވްކޮށް ގެނެސްދޭނެ ކަމަށެވެ.
ރައީސް ހާއްސަ މެސެޖެއް ދެއްވަނީ ކޮންކަމަކާ ގުޅޭ ގޮތުން ކަމެއް ރައީސް އޮފީހަކުން ނުބުނެއެވެ. ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދާ އެ ސުވާލުކުރުމުންވެސް ޖަވާބެއް ދެއްވާފައެއް ނުވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު