ލ. ގަމު މުކުރިމަގު އަވަށު މޫދުގައި މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ.
ގަމު ކައުންސިލުގެ ރައީސް އަހުމަދު ޒަކީ މިއަދު "ވަން" އަށް ވަނީ އެކަން ކަށަވަރުކޮށްދެއްވައިފައެވެ.
ތަފްސީލް ދެއްވަމުން ކައުންސިލް އޮފިޝަލަކު ވިދާޅުވި ގޮތުގައި، މަރުވެފައި އޮއްވައި ފެނުނު މީހަކީ ލ. ގަން، ސައީދާ މަންޒިލް، އުމުރުން 67 އަހަރުގެ އަހުމަދު މުހައްމަދެވެ.
ހެނދުނު މޫދަށްދިޔަ ގޮތަށް ގެއަށް ނައިސް ލަސްވެގެން، ހޯދަމުން ދަނިކޮށް އޭނާ މަރުވެފައި އޮއްވައި ފެނުނީ މެންދުރު 1:00 ހާއިރެވެ.
މޫދު އަޑީގައި އޭނާ މަރުވެފައި އޮއްވައި ފެނުނު ހިސާބަކީ، އިސްކޮޅު ޖެހޭ ތިލަ ހިސާބެއް ކަމަށާއި އެއީ އާއްމުކޮށް ހެނދުނު މޫދަށް ދާ މީހެއް ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު