ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދުން ފުށުއަރާ ސަރަހައްދު ދެ ގައުމުން ބެހުމުގެ މައްސަލައިގައި އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން ނިންމި ނިންމުމާއެކު ރާއްޖެއަށް ލިބުނީ 12 މޭލުގެ ބަދަލުގައި 200 މޭލު ކަމަށާއި އެހެންކަމުން ރާއްޖެއަށް ބޮޑުބައެއް ލިބުމަކީ ހަމަހަމައަށް ބަހާލުން ކަމަށް ނުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ވިދާޅުވީ މީގެ ކުރިން ކަނޑުގެ ސަރަހައްދު ހަމަހަމައަށް ބަހަން ނިންމާފައިވާ ކަމަށާއި ނަމަވެސް އެ މަނިކުފާނުގެ ސަރުކާރުން އެގޮތަށް ކަނޑުގެ ސަރަހައްދުން ބަހަން ބޭނުންނުވާތީ އިޓްލޮސްއަށް މައްސަލަ ހުށަހެޅީ ކަމަށެވެ.

ރާއްޖެއަށް ކަނޑުގެ ސަރަހައްދު ހަމަހަމައަށްވުރެ އިތުރަށް ލިބުނީ ރާއްޖެއަކީ މަސްވެރި ގައުމަކަށްވެފައި އެގޮތަށް ވަކާލާތު ކުރުމުން ކަމަށެވެ. މިއަދު ރާއްޖެއަކީ އިން ވަކިވެފައިވާ ގައުމަކަށް ވެފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އިޓްލޮސްއިން ގާނޫނު އަސާސީން ކަނޑައެޅިފައިވާ ސަރަހައްދަކީ 12 މޭލު ކަމުގައިވީ ނަމަވެސް، މިއަދުގެ އިޓްލޮސްގެ ނިންމުމާއެކު ރާއްޖެއަށް 200 ނޯޓިކަލް މޭލް ލިބިފައިވާ ކަމަށެވެ. ނަމަވެސް ޗާގޯސް ކަނޑުގެ ސަރަހައްދާ ފުށު އަރާތީ އިޓްލޮސްއަށް ހުށަހަޅާފައިވަނީ ރާއްޖެއަށް މޮރިޝަސްއަށް ވުރެ ބޮޑު ކަނޑުގެ ސަރަހައްދެއް ލިބިދޭ ގޮތަށް ކަމަށް ރައީސް ވިދާޅުވިއެވެ.

އިޓްލޮސްއިން ނިންމާފައިވަނީ ރާއްޖެއިން ހުށަހެޅި ގޮތަށް ކަމަށް ރައީސް ވިދާޅުވިއެވެ.