ވިޔަފާރި

އައިސީޓީ ދުވަސް ފާހަގަކުރަން ބީއެމްއެލުން އިންޓަނޭޝަނަލް ގާލްސާއާ ގުޅިގެން ހާއްސަ ޕްރޮގްރާމެއް ބާއްވައިފި

އައިސީޓީ ދުވަސް ފާހަގަކުރަން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އިންޓަނޭޝަނަލް ގާލްސާއާ ގުޅިގެން ހާއްސަ ޕްރޮގްރާމްތަކެއް ބާއްވައިފިއެވެ.

ބީއެމްއެލުން ބުނީ އެ ޕްރޮގްރާމްތަކަކީ އިންފޮމޭޝަން އަދި ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ދާއިރާގެ މުހިންމުކަމާއި އެ ދާއިރާގައި ހުރި ފުރުސަތުތަކުގެ މައުލޫމާތު ދަރިވަރުންނަށް ފޯރުކޮށްދިނުމަށް އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގައި ބޭއްވި ޕްރޮގްރާމްތަކެއް ކަމަށެވެ. އެ ޕްރޮގްރާމްތައް ހަތަރު ދުވަހަށް ކުރިއަށް ގެންދިޔަ ކަމަށްވެސް ބުންޏެވެ.

ބީއެމްއެލްގެ އިންފޮމޭޝަން ޓެކްނޮލޮޖީގައި މަސައްކަތްކުރާ އަންހެން މުވައްޒަފުން ކިޔަވައިދިން އެ ޕްރޮގްރާމުން 100 އަށްވުރެ ގިނަ ދަރިވަރުންނަށް ސައިބާ ސެކިއުރެޓީ އަދި ސައިބާ ސްކޭމްތަކަށް ހޭލުންތެރިކުރުވުމަށް މައުލޫމާތު ދިން އިރު، އައިސީޓީ އަދި ޑޭޓާ އިންޖިނިއަރިން ދާއިރާގައި ހުރި ފުރުސަތުތަކުގެ މައުލޫމާތުވެސް ދަރިވަރުންނަށް ދީފައިވެއެވެ.

ބީއެމްއެލުން ބުނީ އެ ބޭންކުގެ އައިޓީ ޓީމުން ފުވައްމުލަކު ބްރާންޗް، ގަން ބްރާންޗު، ހިތަދޫ ބްރާންޗް އަދި އައްޑޫގައި ހުންނަ ބީއެމްއެލް ކޯލް ސެންޓާ އަށް ޒިޔާރަތްކޮށް އެ ބްރާންޗް ތަކުގައާއި ކޯލް ސެންޓަރުގައި މަސައްކަތް ކުރާ މުވައްޒަފުންނާ އެކު އެންމެ ފަހުގެ ސިސްޓަމް ޕްރޮސެސްތަކާއި މަސައްކަތްތައް އިތުރަށް ފުރިހަމަކުރުމަށް ބަދަލު ގެނެވޭނެ ކަންކަން ފާހަގަކޮށް މަޝްވަރާކޮށްފައިވާ ކަމަށެވެ.