ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ދޭތެރެ ދޭތެރެއިން ބޯކޮށް ވާރޭވެހި ވައިގަދަވާނެކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.
މޫސުމާ ބެހޭ އިދާރާއިން މިއަދު "ވަން" އަށް ބުނީ މިއީ އާދަޔާ ހިލާފު ވިއްސާރައެއް ނޫންކަމަށެވެ. މިއީ އިރުވައި މޫސުމުން ހުޅަނގު މޫސުމަށް ބަދަލުވާއިރު އާންމުކޮށްވެސް ކުރާ ވިއްސާރައެއް ކަމަށެވެ.
މީގެއިތުރުން ބުނީ ކުރިއަށް އޮތްތާގައި ވިއްސާރަވެ ބޯކޮށް ވާރޭ ވެހި ވައިގަދަވާނެކަމަށެވެ. ނަމަވެސް ކަނޑުތައް ކުރިއަށް އޮތް ތިން ދުވަހު އާދައިގެ ވަރަކަށް މަޑުވާނެކަމަށް ބުންޏެެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު