ރޯދަމަހަކީ އެއްބައިވަންތަކަމުގެ މައްސަރެކެވެ. އާއިލާ އާއި ރަހުމަތްތެރިން އަދި އަވަށްޓެރިންގެވެސް ގުޅުން ބަދަހިވާ މައްސަރެކެވެ. މި ގުޅުންތައް ބަދަހިކުރުމަށް ޒަމާނުއްސުރެ ދިވެހިން ކުރަމުން އަންނަ ސަގާފީ ކަންތައްތަކެއް ހުރެ އެވެ. ރޯދައަށް ތައްޔާރުވުމުގެ ގޮތުން ޖަމާއަތް ޖަމާއަތަށް މާހެފުންތައް ބޭއްވުމާއި ރޯދަވީއްލާ ގަޑީގައި އާއިލާ އެކީ އެއް ސުފުރާއަކުން ބައްދަލުކުރުމާއި ރޯދަ ވީއްލަން ގޭގައި ތައްޔާރުކުރާ ތަކެތިން އަވަށްޓެރީންނަށް ހަދިޔާ ކުރުން ފަދަ އެތައް ކަމެކެވެ.
މި ސަގާފީ ރީތި އާދަތައް ދިވެހިންގެ ތެރޭގައި އިތުރަށް ފުޅާކުރަމަށް އެންމެ ބޮޑަށް މަސައްކަތް ކުރާ އަމިއްލަ އެއް ކުންފުންޏަކީ އުރީދޫ މޯލްޑިވްސް އެވެ. ކުންފުނި އުފެދުނީއްސުރެ އުރީދޫ މޯލްޑިވްސް އިން އަންނަނީ ދިވެހިންގެ ސަގާފީ މިފަދަ ކަންތައްތަކަށް ހާއްސަ އިސްކަމެއް ދީ، އެފަދަ ކަންތައް ދިރުވާނެ އެކި އެކި ހަރަކާތްތައް ރާވައި ހިންގަމުންނެވެ. ހާއްސަކޮށް ކޮންމެ ރޯދަމަހަކަށްވެސް ތަފާތު އެތައް ހަރަކާތްތަކާއި ކުންފުނިން ފޯރުކޮށްދޭ ހިދުމަތްތަކުގެ ތެރެއިން އެކި އޮފާތަކާއި ޕްރޮމޯޝަންތައް އަބަދުވެސް ކުރިއަށްގެންދެ އެވެ.
ނިމިދިޔަ ރޯދަމަހުވެސް އުރީދޫ މޯލްޑިވްސް އިން ވަނީ މާލެއާއި މުޅި ރާއްޖެއަށް ހުޅުވައިލައިގެން ގިނަ ހަރަކާތްތަކެއް ހިންގާފައެވެ. އެގޮތުން ޏ. ފުވައްމުލަކުގެ ރައްޔިތުންނަށް އެރަށު ތުނޑީ ސަރަހައްދުގައި އޫރިދޫން ބޭއްވި މާހެފުން ފާހަގަކޮށްލެވެ އެވެ. ރޯދަމަހަށް ތައްޔާރުވުމުގެ ގޮތުން އުރީދޫން ކުރިއަށްގެންދިޔަ މި ހަރަކާތަކީ ފުވައްމުލަކު ރައްޔިތުން ކޮންމެ އަހަރަކު އެތައް ޒަމާނެއްވަންދެން ކުރަމުން އަންނަ ސަގާފީ ކަމެކެވެ. އޭގެ އިތުރުން މިދިޔަ ރޯދަމަހު އުރީދޫން ހިންގި ފާހަގަކޮށްލެވޭ ބައެއް ކަންތައްތަކުގެ ތެރޭގައި؛
ރަމަޟާން މަހަކީ އެއްބައިވަންތަކަމުގެ މައްސަރަކަށްވުމުން، އިސްލާމިކް މިނިސްޓްރީއާއި ގުޅިގެން އުރީދޫއިން ވަނީ ރޯދަމަހުގެ ކޮންމެ ހުކުރުދަވަހެއްގައި އެންމެނަށް ހުޅުވާލައިގެން ރޯދަވީއްލުންތަކެއް ބާއްވާފައެވެ. ކިންގް ސަލްމާން މިސްކިތް ކުރިމަތީގައި ކުރިއަށްގެންދިޔަ މި ރޯދަވީއްލުން ތަކުގައި ދިވެހިންނާއި ބިދޭސީން ހިމެނޭ ގޮތަށް އެތައް ބަޔަކު ބައިވެރިވެ ބޮޑު ތަރުހީބެއްވެސް ލިބުނެވެ. އެގޮތުން ފުރަތަމަ ހަފްތާގައި އެކަނިވެސް 200 އަށް ވުރެ ގިނަ މީހުން އެ ހަރަކާތުގައި ބައިވެރިވި އިރު، ހަފުތާއިން ހަފުތާއަށް އެ އަދަދު އިތުރުވެފައިވާ ކަމަށް އުރީދޫއިން ބުންޏެވެ.
މި އެއްބައިވަންތަކަމުގެ ހަރަކާތް އިތުރަށް ފުރިހަމަކުރުމުގެ ގޮތުން އުރީދޫއިން ވަނީ މާލޭ ސިޓީ ކައުންސިލާއި ގުޅިގެން އީދު ނަމާދަށް ފަހު ސަލްމާން މިސްކިތް ކުރިމަތީގައި އީދު ނާސްތާވެސް ކުރިއަށް ގެންދިޔައެވެ.
ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އަމާޒުކޮށްގެން މިދިޔަ ރޯދަމަހު އުރީދޫއިން ވަނީ އެމް-ފައިސާ މެދުވެރިކޮށް މާލެ ސަރަޙައްދުގައި ދިރިއުޅޭ ބިދޭސީންނަށް އިފްތާރު ހަދިޔާކުރުމުގެ ހަރަކާތެއްވެސް ހިންގާފައެވެ. މިޝަން ފޯ މައިގްރެންޓް ވޯކާސް މޯލްޑިވްސް (އެމްއެމްޑަބްލިއުއެމް) އާއި ގުޅިގެން ކުރިއަށްގެންދިޔަ މި ހަރަކާތުގައި އެންމެ 50 ރުފިޔާއަށް ރޯދަވީއްލުމެއް ހަދިޔާ ކުރެވޭ ގޮތަށް އުރީދޫއިން ހަމަޖެއްސި އެވެ.
މި އިނީޝިއޭޓިވް މެދުވެރިކޮށް ހަދިޔާކުރި ރޯދަވީއްލުމުގެ ޕެކްތައް ބިދޭސީންނަށް ފޯރުކޮށްދީފައިވަނީ އެމްއެމްޑަބްލިއުއެމް އިންނެވެ.
ރޯދަވީއްލުން ހަދިޔާ ކުރުމުގެ އިތުރުން އުރީދޫ މޯލްޑިވްސްގެ މޮބައިލް މަނީ ޕްލެޓްފޯމް އެމް-ފައިސާ މެދުވެރިކޮށް ފިޔަވަތި، ކުޑަކުދިންގެ ހިޔާ، މޮމްސް އެންޖީއޯ، ކެންސާ ސޮސައިޓީ، ޕީސް ފައުންޑޭޝަން އަދި މިސްކިތު ފަންޑަށް ފައިސާ ހަދިޔާ ކުރެވޭނެ އިންތިޒާމުވެސް އުރީދޫއިން މިދިޔަ ރޯދަމަހު ހަމަޖެއްސި އެވެ.
މިދިޔަ ރޯދަމަހު އުރީދޫއިން ކުރިއަށްގެންދިޔަ އެންމެ ފާހަގަކޮށްލެވޭ އެއް ހަރަކާތަކީ މޮމްސް އެންޖީއޯއާ ގުޅިގެން ބޭނުންޖެހިފައިވާ އާއިލާތަކަށް ކެއާ ބާސްކެޓް ހަދިޔާ ކުރުމެވެ. މިހަރަކާތުގެ ތެރެއިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަގީރު ހާލަތުގައި ދިރިއުޅޭ އާއިލާތަކަށް ބޭނުންވާ އަސާސީ ކާބޯތަކެތީގެ ބާވަތްތައް ވަނީ ހަދިޔާކޮށްފަ އެވެ. އުރީދޫއިން ބުނީ މޮމްސް އެންޖީއާއި ގުޅިގެން އެފަދަ އާއިލާތަކަށް ދިމާވެފައިވާ ބައެއް ދަތިތައް ލުއިކޮށްދިނުމަށް އެހީތެރިވުމުގައި ބައިވެރިވެ އާއިލާތަކަށް އަސާސީ ބައެއް ތަކެތި ފޯރުކޮށްދިނުމަކީ އެކުންފުންޏަށް ލިބުނު އުފަލެއް ކަމަށެވެ.
ކެއާ ބާސްކެޓުގައި ހިމެނޭ ތަކެތި: މަސްދަޅު، ކާޑުގެ ބާވަތްތައް، ކައްކާ ތެޔޮ، ތަރުކާރީ ދަޅު، އަލަނާސި ދަޅު، ބޭކްޑް ބީންސް، މެރީ ބިސްކޯދު، ބްރެޑް ކްރަމްބްސް، ގެރިކިރު، ކޭކް މިކްސް، މައިލޯ، ވެކިއުމްޕެކްޑް މަސް، ޕާސްތާ، ޓޮމާޓޯ ޕޭސްޓް، ނޫޑްލްސް، ފްރުޓް ކޮކްޓެއިލް، ރޯސް ސިރަޕް، ޗިލީ ޕައުޑާ، އަދި ހަނާކުރި ހަވާދާއި އަސޭމިރުސް ޕައުޑާ ހިމެނެ އެވެ.
މީގެ އިތުރުންވެސް މިދިޔަ ރޯދަމަހު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްގެންދިޔަ އިޖްތިމާއީ ހަރަކާތްތަކަށް އުރީދޫއިން ވަނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ. އެގޮތުން ނިލަންދޫ ތަރި 1443، އޭދަފުށި ފުޓްސަލް ކަޕް، ކުޑަރިކިލު ފުޓްސަލް މުބާރާތް، ނޫރު މަދަހަ މުބާރާތް، އެލް4 ކަޕް، މަޑުއްވަރީ ފުޓްސަލް ޗެލެންޖް ހިމެނެއެވެ.
ރިޕޯޓް
ރިޕޯޓް
ރިޕޯޓް
ރިޕޯޓް