ރާއްޖެއިން މި އަހަރު ހައްޖަށް ގެންދަން ހުޅުވާލުމާ ގުޅިގެން ފުރަތަމަ ހުށަހެޅި އަގުތައް ބޮޑުވެގެން ދެވަަނަ ފަހަރަށް ހުޅުވައިލި ފުރުސަތުގައި ކުރިމަތިލި ތިން ފަރާތަކަށް މީހުން ހައްޖަށް ގެންދިއުމުގެ ހުއްދަ އިސްލާމިކު މިނިސްޓްރީން ދީފިއެވެ.
ހައްޖަށް މީހުން ގެންދަން ބޭނުންވާ ފަރާތްތަކަށް ހުޅުވައިލި ފުރަތަމަ ފުރުސަތުގައި ކުންފުނިތަކުން ހުށަހެޅީ ބޮޑު އަގުތަކެކެވެ. އެހެންކަމުން އެފަހަރުގެ ބިޑްތައް ބާތިލުކޮށް، ދެވަނަ ފަހަރަށް މިނިސްޓްރީން އެފުރުސަތު ހުޅުވައިލީ، ސީލިންއެއް ކަނޑައެޅުމަށްފަހުގައެވެ. އެގޮތުން ހަައްޖަށް ގެންދިއުމުގެ ހުއްދައަށް ހުށަހެޅޭނީ 75،000 ރުފިޔާ އާއި 95،000 ރުފިޔާއާ ދެމެދުގެ އަގެއްގައި ކަމަށް މިނިސްޓްރީން ކަނޑައެޅިއެވެ.
ދެވަނަ ފަހަރަށް ހުޅުވައިލި ފުރުސަތުގައި، ކުރިމަތިލި ކުންފުނިތަކުގެ ތެރެއިން ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަދިން ކުންފުނިތައް އިސްލާމިކް މިނިސްޓްރީން މިއަދު ވަނީ އާއްމުކޮށްފައެވެ. ތިން ކުންފުންޏަށް ހުއްދަ ދީފައިވާއިރު، ކޮންމެ ކުންފުންޏަކަށް ވަނީ 90 ކޯޓާ ދީފައެވެ.
- އަލްހަރަމައިން ހައްޖު އެންޑް އުމްރާ - 75465 ރުފިޔާ
- ސިސިލްފަރު ހައްޖު އެންޑް އުމްރާ - 75250 ރުފިޔާ
- އަލްމަނާސިކް ޕްރައިވެޓް ލިމިޓެޑް - 75،000 ރުފިޔާ
އިސްލާމިކު މިނިސްޓްރީން ބުނީ، އެ ކުންފުނިތަކަށް ދީފައިވާ ހުއްދައިގެ މުއްދަތަކީ އެއް އަހަރު ދުވަސް ކަމަށެވެ. އަދި ހުއްދަ ދީފައިވާ އަގަށްވުރެ އިތުރަށް ކުންފުނިތަކުން ފައިސާ ނެގުމާއި ކުންފުނިތަކަށް ފައިސާ ދެއްކުމާއި ހުއްދަ ދީފައިވާ ކޯޓާއަށް ވުރެ އިތުރަށް މީހުން ހައްޖަށް ގެންދިއުމަށް އެއްވެސް ފަރާތަކުން ފައިސާ ނެގުމަކީ މަނާ ކަމެއް ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު