ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން ކާމިޔާބު ކުރެއްވި އެމްޑީޕީގެ މެމްބަރު އިބްރާހީމް ޝާޒު މަގާމުގެ ހުވާކުރައްވާނީ 24 އޭޕްރީލް ވާ ހޯމަ ދުވަހު ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނެފިއެވެ.
މަޖިލިސް އިދާރާއިން ބުނީ އޭނާ ހުވާ ކުރައްވާނީ، އެދުވަހު ހެނދުނު 10:00 ގައި ކަމަށާއި އެ ދުވަހު އޮންނަ މަޖިލީހުގެ ޖަލްސާގައި ޝާޒު ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.
ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން ޝާޒް ކާމިޔާބު ކުރެއްވީ އިދިކޮޅު ޕީޕީއެމްގެ ކެނޑިޑޭޓް ހުސެއިން ރިޒާއާ ވާދަކުރައްވައިގެންނެވެ.
ޝާޒަށް 1346 ވޯޓު ލިބުނު އިރު، ރިޒާއަށް ލިބުނީ 1226 ވޯޓެވެ. އަދި އެމްއެންޕީގެ ކެނޑިޑޭޓް އަލީ އާރިފަށް ލިބުނީ 122 ވޯޓެވެ..
ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން ބޭއްވީ އެދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ރިޒާ އަވަހާރަ ވުމާ ގުޅިގެންނެވެ. ރާއްޖޭގެ އާ ގާނޫނު އަސާސީގެ ދަށުން މިހާތަނަށް ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ތިން އިންތިހާބުގައި ގުރައިދޫ ދާއިރާގެ ގޮނޑި އެމްޑީޕީއަށް ކާމިޔާބު ކުރެވިފައެއް ނުވެއެވެ.
ނަމަވެސް އެމްޑީޕީއަށް ފުރަތަމަ ފަހަރަށް ލިބުނު ގުރައިދޫ ދާއިރާގެ ގޮނޑިއާ އެކު، ރައްޔިތުންގެ މަޖިލީހުގައި އެ ޕާޓީ ތަމްސީލްކުރާ މެމްބަރުންގެ އަދަދު 68 އަށް ވަނީ އަރައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު