މި އަހަރުގެ ފިތުރު އީދާ ދިމާކޮށް ބައިބަލާ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމު ކޮށްގެން ބާއްވަން ތައްޔާރުވަމުން އަންނަ އެމްޓީސީސީ އީދު ބައިބަލާ ޗެލެންޖް 1444ގައި މި ފަހަރު 34 ޓީމަކުން ބައިވެރިވެއްޖެއެވެ.
މި އަހަރުގެ ބައިބަލާ ޗެލެންޖް އީދުގެ ދެވަނަ ދުވަހު ފެށުމަށް ތައްޔާރުވެފައިވާ އިރު، ޓީމުތަކުން މިހާރުވެސް ދަނީ ފޯރިއާއެކު ތައްޔާރުވަމުންނެވެ. ހާއްސަކޮށް އެކުވެރިކަމުގެ މެޗުތައްވެސް ކުޅެމުންދާ އިރު، މިހާރުވެސް ފެނިގެން ދަނީ ތަފާތު ޖޯޝެއްގައި ޓީމުތަކުން ތައްޔާރުވަމުންދާ ތަނެވެ. މިދިޔަ އަހަރުވެސް މުބާރާތުގައި 34 ޓީމު ބައިވެރިވެފައިވާ އިރު، މި އަހަރުގެ އެ އަދަދަށް ޓީމުތައް ބައިވެރިވުމަކީ ބައިބަލާއަށް އޮތް ފޯރި ފެނިގެންދިޔަ ކަމެކެވެ. މިހާރު އޮތް ޓީމުތަކުގެ އަދަދުން މި ފަހަރުގެ މުބާރާތުގައިވެސް 1000 ވަރަކަށް ކުޅުންތެރިން ފެނިގެންދާނެއެވެ.
އީދު ބައިބަލާ ޗެލެންޖުގެ ގުރުލުން މާދަމާ ހުޅުމާލެ އެކްސިބިޝަން ސެންޓަރުގައި ބާއްވަން ވަނީ ނިންމާފައެވެ. މިދިޔަ އަހަރުތަކާ ހިލާފަށް މި އަހަރުގެ މުބާރާތް ބާއްވަން ނިންމާފައިވަނީ ހުޅުމާލޭގައެވެ. އެއީ ބައިބަލާއަށް އައި ބޮޑު ބަދަލެކެވެ. މިދިޔަ 25 އަކަށް އަހަރު ދުވަހު ބައިބަލާ މުބާރާތް އަބަދުވެސް ބާއްވަމުން އަންނަނީ މާލޭގައެވެ.
މި އަހަރު މުބާރާތުގެވެސް ޓައިޓަލް ސްޕޮންސަރަކީ އެމްޓީސީސީއެވެ. އޮފިޝަލް ޕާޓްނަރަކީ އާބަންކޯއެވެ. މިފަހަރު އެމްޓީސީސީ އީދު ބައިބަލާ ޗެލެންޖް 1444ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން އޮންލައިން" އެވެ.
ޓީނޭޖު ވެޓެރަންސް، ކްލަބު ޓީނޭޖް، ޓީނޭޖް ޖޫނިއާސް، ކުޑަ ހެންވޭރު ޔުނައިޓެޑް، ބްރަދާހޫޑް ސްޕޯޓްސް ކްލަބު، ވިއޭނާ، ޖޭކޭ ސްޕޯޓްސް ކްލަބު، ކުޑަ ހެންވޭރު ލަޔަންސް، ކުޑަހެންވޭރު ސްޓްރީޓް، ލޮރެންޒޯ ސްޕޯޓްސް، ކްލަބު ކާސިންޖީ، އެމްސީ ސްޕޯޓްސް، ދަ ވަން ސްޕޯޓްސް، ވީކޭ ސްޕޯޓްސް، ޔުނައިޓެޑް އީސްޓް ކޯސްޓް، ހައްހާ ވީކޭ، މަސްއޮޑި ޓައިޓަންސް، ބީޖީ ނިއު ޖެނެރޭޝަން، ކްލަބު އެސްޑީޒީ، އެސްޑީޒީ ޖޫނިއާސް، ހުޅުމާލެ ސްޕޯޓްސް ކްލަބު، ލޮރެންޒޯ ޕާކް، އީސްޓް ކޯސްޓް، ބީޖީ ނެކްޓް ޖެނެރޭޝަން، ލޮރެންޒޯ ހަޔެނަސް، މަސްއޮޑި ވޯވޯ، ހުޅުމާލެ ޔުނައިޓެޑް، ޓީސީ އަކްޓްސޫކީ، ޓީސީ ފްރެޓާނިޓީ، ޓީސީ ސްޕޯޓްސް، މީޓް ދަ އީގަލްސް، ކްލަބު އޯވަންއޯ، އީގަލްސް ޕީކޭ، ވޯންޓެޑް
ބައިބަލާ
ބައިބަލާ
ބައިބަލާ
ބައިބަލާ