ހަފުތާއެއްގެ ތެރޭގައި ރާއްޖެއިން 148 މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާއްމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިމަހުގެ ނުވަވަނަ ދުވަހުން ފެށިގެން މިދިޔަ ހޮނިހިރު ދުވަހުގެ ނިޔަލަށް ރާއްޖެއިން 148 މީހަކަށް ކޮވިޑް ޖެހިފައިވެއެވެ.
އޭގެ ތެރެއިން 100 މީހުންނަށް ކޮވިޑް ޖެހިފައިވަނީ މާލެ ސަރަހައްދުންނެވެ. އަތޮޅުތެރެއިިން 11 މީހަކަށް ކޮވިޑް ޖެހިފައިވާ އިރު، ސިނާއީ ރަށްރަށާއި ރިސޯޓުތަކާއި ސަފާރީތަކުން 37 މީހަކަށް ކޮވިޑް ޖެހިފައިވެއެވެ.
އެޗްޕީއޭއިން ބުނެފައިވާ ގޮތުގައި އެ މުއްދަތުގައި އަލަށް 28 މީހަކު ވަނީ ކޮވިޑާ ގުޅިގެން ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައެވެ.
ރާއްޖެއިން މިހާތަނަށް 186،042 މީހަކަށް ކޮވިޑް ޖެހިފައިވާ އިރު، އެ ބަލީގައި 311 މީހަކު ވަނީ މަރުވެފައެވެ.