ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، ޗީފް އިންޓާނަލް އޮޑިޓަރުގެ މަގާމަށް ބޭފުޅަކު އައްޔަންކުރައްވައިފިއެވެ.
އެ މަގާމަށް އައްޔަންކުރައްވާފައިވަނީ ހއ.ފިއްލަދޫ/ ނިއުސްޓާ، ފާތިމަތު ސަލާހާއެވެ.
ރައީސް އޮފީހުން ބުނީ، އެ މަގާމަށް ސަލާހާ އައްޔަންކުރީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށެވެ. އަދި އެ މަގާމަކީ މިނިސްޓަރުގެ ނައިބުންނާއި އެއް ފެންވަރުގެ މަގާމެއް ކަމަށް ބުންޏެވެ.
ސަލާހާ ވަނީ 2023 ވަނަ އަހަރު ޗާޓަޑް ސެޓްފައިޑް އެކައުންޓެންޓް އޮފް މޯލްޑިވްސްގެ މެންބަރަކަށްވެފައެވެ. އަދި 2014 ވަނަ އަހަރުން ފެށިގެން ސަލާހާއަކީ އިނގިރޭސި ވިލާތުގެ އެސޯސިއޭޝަން އޮފް ޗާޓަޑް ސެޓްފިކެޓްޑް އެކައުންޓެންޓްސްގެ މެންބަރެކެވެ.
ޗީފް އިންޓަނަލް އޮޑިޓަރުގެ މަގާމަށް އައްޔަނުކުރެއްވުމުގެ ކުރިން ސަލާހާ ފުރުއްވަމުން ގެންދެވީ ފިނޭންސް މިނިސްޓްރީގެ ޗީފް އޮޑިޓް އެގްޒެކެޓިވްގެ މަގާމެވެ.
މީގެ ކުރިން ސަލާހާ ވަނީ ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑްގައި މެނޭޖާ، ފައިނޭންސް އެންޑް އެކައުންޓްސް މަގާމު އަދާކުރައްވައިފައެވެ. އަދި އޮޑިޓާ ޖެނެރަލްގެ އޮފީހުގައިވެސް ސަލާހާ ވަނީ މެނޭޖާ ފައިނޭންޝަލް އިންސްޓިޓިއުޝަންސް އޮޑިޓްގެ މަގާމު އަދާކުރައްވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު