އުރީދޫ މޯލްޑިވްސްގެ އީ-ކޮމާސް ޕްލެޓްފޯމް ކަމަށްވާ މޫލީއަށް ވާވޭ ވޮޗް ބަޑްސް ތައާރަފުކޮށްފިއެވެ.
އުރީދޫން މިއަދު ބުނީ މޫލީއިން ވޭވޭ ވޮޗް ބަޑްސް ވިއްކަނީ 6،999 ރުފިޔާއަށް ކަމަށާއި އަދި ރާއްޖޭގެ ކޮންމެ ހިސާބަކަށްވެސް ހިލޭ ޑެލިވަރީ ކޮށްދޭނެ ކަމަށެވެ.
"މި ހާއްސަ އަގުގައި ކަސްޓަމަރުންނަށް ބައްލަވައިގަތުމުގެ ފުރުސަތު 22 އޭޕްރީލް 2023 ގެ ނިޔަލަށް ވަނީ ހުޅުވާލާފައި،" އުރީދޫން ބުންޏެވެ.
ވާވޭ ވޮޗްސް ބަޑްސް http://ore.do/watchbuds މެދުވެރިކޮށް ގަނެވެން ހުންނާނެ ކަމަށް އުރީދޫން ބުންޏެވެ.
ވާވޭ ވޮޗް ބަޑްސް އުފައްދާފައިވަނީ ކަސްޓަމަރުންނަށް އިތުރު ފަސޭހަކަމާއެކު ގުޅުވާލަދޭ ސިފަތައް ހިމަނައިގެން ކަމަށެވެ. ދަތުރުކުރާ މީހުންނަށާއި މިއުޒިކަށް ލޯބިކުރާ މީހުންނަށް ވާވޭ ވޮޗް ބަޑްސް އަކީ ވަރަށް މުހިންމު ޑިވައިސްއަކަށް ވެގެންދާނެ ކަމަށް ވެސް އުރީދޫން ބުންޏެވެ.
- ތުނި އަދި ޒަމާނާ އެއްގޮތް ޑިޒައިން
- ސްޓޭބަލް އަދި ފާސްޓް ކަނެކްޝަނަށް ބްލޫޓޫތު
- ސްޓޭބަލް އަދި ފާސްޓް ކަނެކްޝަނަށް ބްލޫޓޫތު
- ޓަޗް ކޮންޓްރޯލް އާއެކު ވޮޗް ބަޑްސްގެ ބޭނުންކުރަން ފަސޭހަވުން
- އެއް ޗާޖަކުން 10 ގަޑިއިރާ ހަމައަށް ބޭޓަރި ހިފަހައްޓާ (ޗާޖިން ކޭސްއާއެކު 30 ގަޑިއިރު)
- ލެގް ފްރީ އޯޑިއޯ އަދި ވީޑިއޯ ސިންކްރޮނައިޒޭޝަންގެ ލޯ ލެޓެންސީ
- އެއް ގެޖެޓެއްގައި އިއާބަޑްސް އަދި ސްމާޓްވޮޗް
- ސާފު ރީތި އަދި ކޮލިޓީ އަޑު
- ކޮލިޓީ އަޑާއެކު ކޯލްތަކަށް ދެ މައިކްރޯފޯނާއި ނޮއިސް ރިޑަކްޝަން
- ހައިބްރިޑް އެކްޓިވް ނޮއިސް ކެންސަލޭޝަން
ވިޔަފާރި
ވިޔަފާރި
ވިޔަފާރި
ވިޔަފާރި