އެންމެފަހުން ބަޔާން މިއުނިކުން ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގެ ފުރަތަމަ ލެގުގައި މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅުނު މެޗަށްފަހު، ޑްރެސިން ރޫމުގައި ލެރޮއި ސާނޭގެ މޫނުމަތީގައި ޖެހި ކަމަށް ބުނާ މައްސަލައިގައި ސަޑިއޯ މާނޭ ސަސްޕެންޑް ކޮށްފިއެވެ.
ބަޔާނުން އެންމެފަހުން ޗެމްޕިއަންސް ލީގުގައި ކުޅުނު މެޗުގައި ސިޓީން އެ ޓީމު ކޮޅަށް ތިން ގޯލު ޖަހައި، 3-0 އިން ބަލިކޮށްފައިވާ އިރު، އެ މެޗަށްފަހު ދަނޑުމަތިންވެސް މާނޭއާއި ސާނޭގެ ނުތަނަވަސްކަން ވަނީ ފެނިގެން ގޮސްފައެވެ. ޖަރުމަނުގެ ރިޕޯޓުތައް ބުނާ ގޮތުން މާނޭ ވަނީ ޑްރެސިން ރޫމް ތެރޭގައި ސާނޭގެ މޫނުމަތީގައި ޖަހައިފައެވެ.
މާނޭ ޖެހުމުން އުފެދުނު ހަމަނުޖެހުމުގައި ކުޅުންތެރިންގެ އަރައިރުން ބޮޑުވެ، ދުރުކުރަން ޖެހުނީ ދެން ތިބި ކުޅުންތެރިން ކަމަށްވެސް ހަބަރުތައް ބުނެއެވެ. ޖަރުމަނުގެ އިތުބާރު ނޫސް، ބިލްޑުން ބުނެފައި ވަނީ މެޗަށްފަހު ސާނޭ ޓީމާއެކު ދަތުރުކުރި ނަމަވެސް، މާނޭ އެނބުރި ޖަރުމަނަށް ދިޔައީ ޕްރައިވެޓް ޖެޓެއްގައި ކަމަށެވެ.
އެ މައްސަލައިގައި މާނޭއާއި ސާނޭވެސް އަދި މީޑިއާއާ ވާހަކަ ދައްކާފައިނުވާ އިރު، ބަޔާނުން ބުނީ ކުރިއަށް އޮތް ލީގު މެޗުގެ ސްކޮޑުން މާނޭ ބޭރުކޮށްފައިވާ ކަމަށާއި އޭނާ ބޭރުކުރީ ކުޅިވަރުގެ ރޫހާ ހިލާފު އަމަލެއް ހިންގުމުން ކަމަށެވެ.
އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ދެ ފަހަރަށް ހޯދައި، ސެނެގާލާ އެކު އެފްކޮން ކާމިޔާބު ކުރި މާނޭ، ބަޔާންއަށް ބަދަލުވީ މި ސީޒަނަށެވެ. އޭގެ ކުރިން އޭނާ ވަނީ ލިވަޕޫލްގައި ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯދައިފައެވެ.
ބަޔާން މިއުނިކް
ބަޔާން މިއުނިކް
ބަޔާން މިއުނިކް
ބަޔާން މިއުނިކް