ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މާސްޓާ ކާޑު ކަސްޓަމަރުންނަށް އާ ޕްރޮމޯޝަން އެއް ފަށައިފިއެވެ.

މިއަދު ފެށި މި ޕްރޮމޯޝަންގެ ދަށުން ބީއެމްއެލް މާސްޓާ ކާޑުން ވިޔަފާރިކޮށްގެން ދެ މީހަކަށް ހުރިހާ ހަރަދަކާ އެކު އިސްތަންބޫލްގައި ބޭއްވުމަށް ހަމަޖެހިފައިވާ ޔޫއެފާ ޗެންޕިއަންސް ލީގުގެ ފައިނަލް މެޗް ބަލައިލަން ދިއުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

ބީއެމްއެލުން މިއަދު ބުނީ މި ޕްރޮމޯޝަންގައި މާސްޓާ ކާޑު މެދުވެރިކޮށް ރާއްޖެ އާއި ރާއްޖޭން ބޭރުގައި ކުރާ ހުރިހާ މުއާމަލާތްތަކެއް ހިމެނޭނެ ކަމަށެވެ. ޕްރޮމޯޝަން ކުރިއަށްދާނީ މިއަދުން ފެށިގެން ނުވައެއް މެއިގެ ނިޔަލަށެވެ.

މާސްޓާ ކާޑަކީ ޔޫއެފްއާ ޗެންޕިއަންސް ލީގުގެ އޮފިޝަލް ސްޕޮންސަރެވެ. ބީއެމްއެލަކީ ރާއްޖޭގައި މާސްޓާ ކާޑުގެ ޕްރިންސިޕަލް މެންބަރެކެވެ. ބީއެމްއެލް އިން އަންނަނީ ރާއްޖޭގައި މާސްޓާ ކާޑު ޑެބިޓް، ކްރެޑިޓް އަދި ޕްރީޕެއިޑް ކާޑު ދޫކުރަމުންނެވެ.