ހުޅުމާލޭގައި ކޭއެފްސީގެ އައުޓްލެޓެއް ހުޅުވައިފިއެވެ.

އާބަންކޯއިން މިއަދު ބުނީ ކޭއެފްސީގެ އައުޓްލެޓް ހުޅުވާފައިވަނީ ހުޅުމާލެ ރަށު މާރުކޭޓުގެ ފުރަތަމަ ފަންގިފިލާގައި ކަމަށެވެ.

ކޭއެފްސީގެ އައުޓްލެޓް މާލޭގައި ވެސް އަންނަނީ ހިންގަމުންނެވެ. މާލޭގައި ކޭއެފްސީގެ އައުޓްލެޓް ހުޅުވާފައިވަނީ 2018 ވަނަ އަހަރުއެވެ. މީގެ އިތުރުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައިވެސް ކޭއެފްސީގެ އައުޓްލެޓެއް އަންނަނީ ހިންގަމުންނެވެ.

އެމެރިކާގެ ފްރެންޗައިސް ބްރޭންޑެއް ކަމަށްވާ ކޭއެފްސީއަކީ ދިވެހިންގެ މެދުގައި މަގުބޫލު ފްރެންޗައިސްއެކެވެ.