ލިވަޕޫލުން ރޭ އާސެނަލާ ދެކޮޅަށް ލީގުގައި ކުޅުނު މެޗުގެ ހާފު ނިމުމުން އެންޑީ ރޮބަޓްސަންގެ މޫނު މަތީގައި ލައިންސްމަން ކޮންސްޓެންޓައިން ހަޒިޑާކީސްގެ އުޅަނބޮށިން ޖެހި ކަމަށް ބުނާ މައްސަލައެއް އެފްއޭ އާއި އިނގިރޭސި ރެފްރީންގެ ހާއްސަ ބަލަދުވެރި ފަރާތް، ޕީޖީއެމްއޯއެލް އިން ބަލަން ފަށައިފިއެވެ.
އާސެނަލާއި ލިވަޕޫލް ރޭ ލީގުގައި ކުޅުނު މެޗު ނިމުނީ 2-2 އިން އެއްވަރު ވެގެންނެވެ. އެ މެޗުގެ ފުރަތަމަ ހާފު ނިމުމާއެކު ދެ ޓީމުގެ ކުޅުންތެރިންގެ މެދުގައިވެސް ކޮންމެވެސް ވަރެއްގެ ހަމަނުޖެހުންތަކެއް ހިނގާފައިވާ އިރު، ރޮބަޓްސަން ވަނީ ރުޅި އައިސް ލައިންސްމަނާ ދިމާއަށް ގޮސްފައެވެ. ރޮބަޓްސަން ލައިސްމަނާ ދިމާއަށް ދިޔުމުން ލައިސްމަން އަތަށް ގެންނަ ހަަރަކާތެއްގެ ސަބަބުން، އޭނާގެ އުޅަނބޮށިން ރޮބަޓްސަން މޫނުމަތީގައި ޖެހޭތަން ވީޑިއޯގައި ވަނީ ފެނިފައެވެ.
މެޗު ރެފްރީ ޕޯލް ޓިއަނީ އެ ހަމަނުޖެހުމުގެ ތެރޭގައި ރޮބަޓްސަންއަށް ކާޑު ދައްކާފައިވާ އިރު، ލައިސްމަން އަތުން ރޮބަޓްސަންގެ މޫނުމަތީގައި ޖެހުނު ކަމަށް އޭނާ ވަނީ ބުނެފައެވެ. އަނގަމަތީގައި އަތް އަޅައި، ލައިސްމަން ޖެހި ކަމަށް އިޝާރާތްކޮށް ރޮބަޓްސަންވެސް ވަނީ ޝަކުވާކޮށްފައެވެ.
އެ މައްސަލައިގައި ލައިސްމަންގެ ގޯހެއް އޮތްތޯ ބެލުމަށް މިހާރު ޕީޖީއެމްއޯއެލްއިން މަސައްކަތް ފަށާފައިވާ އިރު، ބައެއް އެނަލިސްޓުން ވަނީ ލައިސްމަނަށް ފިޔަވަޅު އެޅުމަށް ގޮވާލައިފައެވެ. އެގޮތުން ކުރިން ޕްރިމިއާ ލީގުގައި ކުޅުނު ފޯވަޑް ކްރިސް ސަޓަން ބުނީ ލައިސްމަން ގެންގުޅުނު ވިސްނުން ކުޅިވަރުގެ ރޫހާ ހިލާފުކަމަށާއި ލައިސްމަން ހަޒިޑާކީސްގެ މައްސަލަ ބަލައި، ސަސްޕެންޑް ކުރަން ޖެހޭނެ ކަމަށެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު