ނ. މަނަދޫގައި މިދިޔަ ހުކުރުދުވަހު މަރުވެފައި އޮއްވައި ފެނުނު، އެ ރަށު އަންނާރުމާގެ/ ނައިމާ މޫސާގެ މަރާ ގުޅިގެން، ފުލުހުން އެރަށުގެ އެކި ސަރަހައްދުތައް ބަލައި ފާސްކުރަން ފަށައިފިއެވެ.
މަނަދޫގައި ހުރި "ވަން" އޮންލައިންގެ އެސިސްޓެންޓު އެޑިޓަރު އަލީ ޔާމީން ބުނީ މިއަދުގެ މިހާތަނަށް އެރަށު ފަޅު ގޯއްޗެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ.
ޔާމީން ބުނީ ކޮލަމްބިއާ ނަމަކަށް ކިޔާ ގޯތީގައި ޓިނުން ހަދާފައި ހުރި ގުދަނެއް ބަލައި ފާސްކޮށްފައިވާ އިރު، މިތަނުން އެއްވެސް އެއްޗެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިނުވާ ކަމަށެވެ.
ދިހަ ވަރަކަށް ފުލުހުން އެ ގޯތި ވިއްސަކަށް މިނެޓުވަންދެން ބަލައި ފާސްކުރީ ގޯތީގެ ވެރިމީހާގެ ހާޒިރުގައެވެ.
އޭގެ އިތުރަށް މިހާރު ފުލުހުން ދަނީ ރަށުގެ އެކި ސަރަހައްދުތައް ބަލައި ފާސްކުރަމުން ކަމަށްވެސް ޔާމީން ބުންޏެވެ.
ނައީމާގެ މަރާ ގުޅިގެން އޭނާ ދިރިއުޅުނު އަންނާރުމާގެ ހުރި ސަރަހައްދު މިދިޔަ ހުކުރު ދުވަހުގެ އިރުއޮއްސުނު ވަގުތުން ފެށިގެން ބަންދުކޮށްފައިވާ އިރު، މިހާރު ވަނީ އެ ގެ ހުރި ސަރަހައްދުގެ ބޮޑުބައެއް އިއްޔެވެސް ވަނީ ބަންދުކޮށްފައެވެ.
"ވަން" އަށް ކަށަވަރުވެފައިވާ ގޮތުގައި ނައިމާގެ ހަށިގަނޑުގައި ގިނަ ޒަހަމްތަކެއް ހުރި އިރު އޭނާގެ ކަރުގައިވެސް ފުން ޒަހަމެއް ހުއްޓެވެ. އަދި ލޯކައިރިން ޒަހަމެއް ހުރި އިރު މޫނުގެ އެއްފަޅި ދުޅަވެ ވަނީ ކަޅުވެފައެވެ. އޭނާގެ ހަށިގަނޑުން ނަގަންޖެހޭ ސާމްޕަލްތައް ނެގުމަށްފަހު އިއްޔެ ހަވީރު ވަނީ އޭނާގެ ހަށިގަނޑު ވަޅުލައިފައެވެ.
ނައީމާގެ މަރާ ގުޅިގެން ހުއްދަނެތި މަނަދުއަށް އަރައި ފޭބުން މަނާކޮށްފައިވާ އިރު، އޭނާގެ މަރާގުޅެ އެއްވެސް މައުލުމާތެއް އެނގޭ މީހަކު ހުރި ނަމަ އެކަން ފުލުހުންނާ ހިއްސާކުރުމަށް ވަނީ އެދިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު