ހއ. ހޯރަފުށީ ޖުވެނައިލް ޖަސްޓިސް ޔުނިޓް (ހާފްވޭ ހައުސް) އިމާރާތް ކުރުމުގެ މަޝްރޫއުގެ ދަށުން ރޫފް ސްޓްރަކްޗާ ހެދުމުގެ މަސައްކަތް ނިމިފައިވާ ކަމަށް އެ މަޝްރޫއުގެ މަސައްކަތް ކުރަން ހަވާލުކޮށްފައިވާ ކުންފުނި, އެމްޓީސީސީން ބުނެފިއެވެ.

ޖުމުލަ 5.99 މިލިއަން ރުފިޔާގެ މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ.

އެމްޓީސީސީން މިއަދު ބުނީ, ސައިޓުގައި މިހާރު ކުރިއަށްދަނީ ރޫފިން ޝީޓް ހަރުކުރުމާއި ޕްލާސްޓަރިންގެ މަސައްކަތް ކަމަށެވެ.

ހޯރަފުށީގައި އިމާރަތްކުރުމުގެ މަސައްކަތް ފަށާފައިވާ ހާފްވޭ ހައުސްއަކީ ކުޑަކުދިންގެ އަދުލުގެ ގާނޫނުގައި ބަޔާންކުރާ ކުޑަކުދިންގެ ކަރެކްޝަނަލް މަރުކަޒެއްގައި ވަކި މުއްދަތެއް ހޭދަކޮށްފައިވާ ކުދިން އަނބުރާ މުޖުތަމައަށް ނުކުތުމަށް ތައްޔާރު ކުރުމަށް ބޭނުންވާ ޕްރޮގްރާމްތައް ހިންގުމަށްޓަކައި އެކުދިން ބައިތިއްބުމަށް އުފައްދާ މަރުކަޒެކެވެ.