މި އަހަރު ރާއްޖެއިން ހައްޖަށް މީހުން ގެންދިއުމަށް ބޭނުންވާ ފަރާތްތަކުން ހުށަހެޅި ޕްރޮޕޯޒަލްތައް ބާތިލުކުރުމަށްފަހު އެކަމަށް އަލުން ހުށަހަޅަން ހުޅުވާލައިފިއެވެ.
އިސްލާމިކް މިނިސްޓްރީން ރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނީ ކުރީގެ ހުށަހެޅުންތައް ބާތިލުކުރީ އެކަށީގެންނުވާ އަގުތަކެއް ހުށަހަޅާފައިވާތީއާއި ހައްޖަށް މީހުން ގެންދިއުމާބެހޭ އުސޫލާއި މައުލޫމާތު ކަރުދާހުގައި، ހައްޖު ޕްރޮޕޯޒަލް ފޮތް ހުށަހަޅާއިރު ފުރިހަމަކުރަން ޖެހޭނެ ކަމަށް ބުނެފައިވާ އަސާސީކަންކަން ފުރިހަމަކޮށްފައި ނެތުމުގެ ސަބަބުން ވާދަވެރި ބިޑަކަށް ދިއުމުގެ ފުރުސަތު ނެތުމުން ކަމަށެވެ.
އެހެންވެ، ހައްޖު ޕްރޮޕޯޒަލް ހުށަހެޅި 11 ކުންފުނީގެ ޕްރޮޕޯޒަލްތައް ބާތިލުކުރުމަށްފަހު މި މަހުގެ 13 ވަނަ ދުވަހުގެ ކުރިން އަލުން ހުށަހަޅަން ފުރުސަތު ދީފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވާ ގޮތުން، މިފަހަރު ޕްރޮޕޯޒަލް ހުށަހަޅާއިރު އަގު ކޮންޓްރޯލް ކުރުމުގެ ގޮތުން ބިޑު ހުށަހެޅޭނީ 75،00 ރުފިޔާއާއި 95،000 ރުފިޔާއާ ދެމެދުގެ އަގެއްގައެވެ. އަދި ކުރިން ބިޑް ހުށެހެޅި ފަރާތްތަކަށްވެސް އަލުން ބިޑް ހުށަހެޅޭނެ ކަމަށް ބުންޏެވެ.
މި އަހަރު ރާއްޖެއިން ހައްޖަށް މީހުން ގެންދިއުމަށް ލިބިފައިވަނީ 1،000 ކޯޓާއެވެ. މިދިޔަ އަހަރު ލިބުނީ 453 ކޯޓާއެވެ.
ޚަބަރު
ޚަބަރު
ޚަބަރު