ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ސީއެސްއާރުު ޓީމުން ހުޅުމާލޭގައި ހެދި ޕާކު ހުޅުވައިފިއެވެ.
ރޭ ބޭއްވި ރަސްމިއްޔާތެއްގައި އެ ޕާކު ހުޅުވައިދެއްވީ ރައްޔިތުން މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒެވެ. އެ ރަސްމިއްޔާތުގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފުއާއި އެ ކުންފުނީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
އެޗްޑީސީން ބުނީ، އެ ޕާކު ހުޅުވާފައިވަނީ ފުލެޓް ނަމްބަރު 704 ސަރަހައްދުގައި ހުޅުމާލެ ހޮސްޕިޓަލް ފަހަތުގައެވެ.
"ދިވެހި ތާރީހު ދައްކުވައިދޭ ތަފާތު ކުރެހުންތަކާއެކު ހަދާފައިވާ މި ޕާކުގެ އެންމެ ހާއްސަކަމަކީ ކާބަފައިންގެ ޒަމާން ތަޖުރިބާ ކޮށްލެވޭ ގޮތަށް ހަދާފައިވާ ހޮޅުއަށްޓެވެ،" އެޗްޑީސީން ބުންޏެވެ.
އެ ޕާކުގައި ކުޑަކުދިން ކުޅެން ފުޓްސަލް ދަނޑެއްވެސް ހަދާފައިވެއެވެ.