Close
ސައުދީ އަރަބިއާ

ރޯދަމަހު ކޮފީ ބުއިން މަދުކުރުމަށް ސައޫދީ ރައްޔިތުންނަށް އިލްތިމާސްކޮށްފި

1

ރޯދަމަހު މާގިނައިން ކޮފީ ބުއިމުގެ ސަބަބުން ކުރިމަތިވެދާނެ ސިއްހީ މައްސަލަތަކުން ސަލާމަތްވުމަށް ސައޫދީ އަރަބިޔާގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީން ޚާއްސަ ގައިޑްލައިނެއް ނެރެފިއެވެ.

އެ އިދާރާއިން ގަބޫލުކުރާ ގޮތުގައި ރޯދަވީއްލާ ވަގުތު، އަދި ރޯދަ ވީއްލުމަށްފަހުވެސް ގިނައިން ކޮފީ ބުއިމަކީ އޭގެ ގެއްލުން ނުހަނު ބޮޑު ކަމެކެވެ. އެހެންވީމާ އެ ފަރާތުން އިރުޝާދު ދީފައިވަނީ ރަނގަޅު ސިއްހަތެއްގައި ހުންނަ ބޮޑު މީހަކު ދުވާލަކު 15 ތައްޓަށްވުރެ ގިނައިން ކޮފީ ނުބުއިމަށެވެ.

މާބަނޑު އަންހެނުން 10 ތައްޓަށްވުރެ ގިނައިން ކޮފީ ނުބުއިމަށްވެސް އިރުޝާދު ދީފައިވެއެވެ. ސައޫދީ އަރަބިޔާގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީން ބުނާ ގޮތުގައި ރޯދަމަހަކީ ކޮފީ އިސްރާފު ކުރުމުގެ ނުރަނގަޅު އާދަޔާ ދުރުހެލިވުމަށް ވަރަށްވެސް މުނާސަބު ދުވަސްކޮޅެކެވެ.

ކޮފީއަށް އާދަވެފައި ތިބޭ މީހުން ކުއްލިއަކަށް ކޮފީއާ ދުރުވެގަތީމާ ކުރިމަތިވާ ސައިޑް އިފެކްޓްތައް ރޯދަމަހު މާބޮޑަށް އިހުސާސެއް ނުވާނެ ކަމަށްވެސް އެ ފަރާތުން ބުނެއެވެ. ސައޫދީ އަރަބިޔާއަކީ އާބާދީގެ ނިސްބަތުން އެންމެ ގިނައިން ކޮފީ ބޭނުންކުރާ ގައުމުތަކުގެ ތެރެއިން އެއްގައުމެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟