މި އަހަރުގެ ރޯދަމަސް ފެށުނުއިރު، ބާޒާރުގައި އަނބެއް ނެތެވެ. މިއަދާ ހަމައަށް މިވީ ދެތިން ދުވަސް ތެރޭގައިވެސް ބާޒާރުގައި އަނބު ވަރަށް މަދެވެ. ނަަމަވެސް ބާޒާރުގައި މިއަދު އަނބު ވަރަށް ތިޔާއްގެވެ.
ގިނައީ ފުވައްމުލަކު އަނބެވެ. ބާޒާރުގައި މިއަދު އަނބު ކިލޯއެއް އުޅެނީ 90-100 ރުފިޔާއާ ދެމެދުގެ އަގުތަކެއްގައެވެ.
"އަނބުގެ އަގު ކުރިއަށް އޮތް ދެތިން ދުވަހެއްގެ ތެރޭގައި ކުޑަކޮށް ދަށަށް ދާނެހެން ހީވަނީ. އެ ވަރަށް އަނބު އެބަ ލިބޭ. ގިނައިން މިއަދު މި ލިބުނީވެސް ދޮން އަނބު،" ވިޔަފާރިވެރިޔަކު ވަންއަށް ބުންޏެވެ.
ބާޒާރުގައި ކޮންމެވެސް ވަރަކަށް ބޭރުގެ އަނބުވެސް އެބައުޅެއެވެ. ބޭރު އަނބުވެސް އުޅެނީ ދިވެހި އަނބާ ހަމަ އެއް އަގެއްގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު