Close
ޚަބަރު

ވިލިނގިލި ބަނދަރު ހެދުމުގެ ތިންވަނަ ފިޔަވަހީގެ ދަށުން އާ ހާބަރު ފުންކުރުމުގެ މަސައްކަތުގެ 45 ޕަސެންޓް ނިމިއްޖެ

ޖަޒްލާ މުހައްމަދު މޫސާ

ގއ. ވިލިނގިލީ ބަނދަރު ހެދުމުގެ ތިންވަނަ ފިޔަވަހީގެ ދަށުން އާ ހާބަރު ފުންކުރުމުގެ މަސައްކަތުގެ 45 ޕަސެންޓް ނިމިފައިވާ ކަމަށް އެ މަޝްރޫއުގެ ކޮންޓްރެކްޓަރު އެމްޓީސީސީން ބުނެފިއެވެ.

ޖުމުލަ 107.86 މިލިއަން ރުފިޔާގެ މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މި އަހަރުގެ ޖެނުއަރީ މަހުއެވެ.

އެމްޓީސީން މިއަދު ބުނީ އެ މަޝްރޫއުގެ ދަށުން އެއްގަމު ތޮށި ލުމުގެ މަސައްކަތްވެސް ފަށާފައިވާ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން، 59,536.80 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ހާބަރު ބޭސިން ފުންކުރުމާއި 275 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި 613 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި 105 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުން އަދި 685 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމުގެ މަސައްކަތް ހިމެނެއެވެ.