ސްކޫލް ނިންމާލުމަށްފަހު ހުރިހާ ޒުވާނުންނެކޭ އެއްފަދައިން މުހައްމަދު މާޒިން (މާޒް)ވެސް ބޭނުންވީ މަތީ ތައުލީމު ހާސިލްކުރުމަށް މާލެ ބަދަލުވާށެވެ. އެކަމަކު އެކަން ހާސިލްނުވީ ބައްޕަ ނުގަބޫލުވީމައެވެ.
ކާމޭޒުދޮށުގައި އެންމެނާއެކީ އިން މާޒް ފުން ވިސްނުމެއްގައި އިންދާ ކުއްލިއަކަށް މަންމަ ގޮވާލާފައި ވެގެން އުޅޭ ގޮތް އެހުމުންވެސް މާޒް ވަކި ޖަވާބެއް ނުދެއެވެ. އެކަމަކު އޭނާގެ ބައްޕަ އައިސް އިށީނުމާއެކު މާޒް މާލެ ފޮނުވާނީ ކޮންދުވަހަކުންތޯ ސުވާލުކުރެއެވެ.
ބައްޕަގެ ޖަވާބުން މާޒް ހިތަހަމަނުޖެހި ކާތަށި ބަހައްޓާފައި ކޮޓަރިއަށްވަނެވެ. ގެއިން ބޭރަށް ނުނިކުމެ މާޔޫސްވެފައި މާޒް އިނެވެ.
އެކަމަކު މާޒްގެ ދޮންބެގެ އާއިލާ ރަށަށް އައުމާއެކު މާޒްގެ އެ މާޔޫސްކަމާއި ފޫހިކަން ފިލައި ރަށަށް އޮންނަ ލޯބި އިތުރުވިއެވެ. ދޮންބެމެންނާއެކު ރަށުގެ ނޭޗާޕާކާއި، މަޑް ކުޅިއާއި ރީތި ގޮނޑުދޮށްތަކާއި ކަނޑު އަޑީގެ ހިތްގައިމު މަންޒަރުތައް ބަލައިލަން މާޒް ދިޔައެވެ. އެހާ ހިސާބުން ރަށުގެ ރީތިކަމާއި ހިތްގައިމުކަން މާޒްއަށް ވިސްނެންފެށިއެވެ.
އާއިލާ މީހުންނާއެކު ރޭގަނޑެއްގެ ކެއުމަށްފަހު މާޒް އޭނާގެ ދޮންބެ ގާތު އެދުނެވެ. ބައްޕައާ ވާހަކަ ދައްކައިގެން އޭނާ މާލެ ފޮނުވާތޯ އެއްބަސްކުރުވަންށެވެ. އެކަމަށް ދޮންބެ އެއްބަސްވެސްވިއެވެ. އެކަމަކު ދޮންބެ ބުނި އެއްވާހަކައިން މާޒްގެ މުޅި ހިޔާލާއި ވިސްނުމާއި ރަށަށް އޮތް ލޯބި އިތުރުވެގެންދިޔައެވެ.
ދޮންބެ މަތީ ތައުލީމު ހާސިލްކުރަން ބޭނުންވިއިރު ރަށުގައި އެކަން ކުރެވޭކަށް ނެތެވެ. އެހެންކަމުން މާލެ ބަދަލުވާން ޖެހުނީ ކަމަށާއި ކިޔަވައި ނިންމާލުމަށްފަހު އެނބުރި ރަށަށް އަންނަން ބޭނުންވިޔަސް ވަގުތު ފާއިތުވެ، ހާލަތު ހުރިގޮތުން ނާދެވުނީ ކަމަށް ދޮންބެ ކިޔައިދިނެވެ. މާލޭގައި ބޮޑުކުލި ދައްކައިގެން މައިންބަފައިންނާއި އާއިލާ ދުރުގައި އުޅުމަކީ ފަސޭހަ ކަމެއް ނޫންކަމަށްވެސް ދޮންބެ މާޒް ގާތު ބުންޏެވެ.
ދޮންބެގެ މި ވާހަކަތައް އަޑުއެހުމަށްފަހު މާޒް ނިންމީ މާލެ ނުދާށެވެ. ރަށުގައި ހުރެ މަތީ ތައުލީމު ހާސިލްކޮށް ރަށަށް ހިދުމަތްކުރުމުގައި ދެމި ހުންނާށެވެ. އެއީ އެންމެ ހެޔޮ އަދި ރަނގަޅު ގޮތްކަން މާޒް އަށް ގަބޫލުކުރެވުނެވެ. ދޮންބެގެ އެ އަގުހުރި ވާހަކަކޮޅުން ރަށަށް ލޯބި ޖެހުނެވެ. ރަށަށް ޓަކައި ފަޚުރުވެރިވެވުނެވެ.
މިއީ ކޮންމެ އަހަރެއްގެ ރަމަޟާން މަހާ ދިމާކޮށް އުރީދޫން މުޖުތަމައަށް ދޫކޮށްލާ ތަފާތު މެސެޖުތަކުގެ ތެރެއިން މިއަހަރުގެ މެސެޖެވެ.
ކުރު ފިލްމެއް ގޮތަށް މި މެސެޖު ގެނެސްދީފައިވަނީ ފުވައްމުލަކު ބަހުރުވައިންނެވެ. ޝޫޓުކޮށްފައިވަނީވެސް ފުވައްމުލަކުގައެވެ. ހިތްގައިމު އަދި އެހާމެ މުހިންމު މެސެޖެކެވެ.
ލުއި ރިޕޯޓް
ލުއި ރިޕޯޓް
ލުއި ރިޕޯޓް
ލުއި ރިޕޯޓް