Close
ޚަބަރު

ރައީސް ސޯލިހުގެ މޮޓޯކޭޑަށް ހުރަސްއެޅި މައްސަލަ 241 ކޮމިޓީން ބަލަނީ

އިބްރާހިމް ޒަކީ

އާރަށު ކޮރަޕްޝަން މައްސަައިގައި ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމަށް ކޮށްފައިވާ 11 އަހަރުގެ ޖަލު ހުކުމާ ދެކޮޅަށް އިދިކޮޅު ޕީޕީއެމް ޕީއެންސީން ރޭ ކުރި މުޒާހަރާގެ ބައިވެރިން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ މޮޓޯކޭޑަށް ހުރަސްއަޅައި ހުއްޓުވި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީ (241) ކޮމިޓީން ބަލަން ނިންމައިފިއެވެ.

އެ ކޮމިޓީގެ މުގައްރިރު އެމްޑީޕީގެ ޕީޖީ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވަން އަށް ވިދާޅުވި، ކޮމިޓީގެ އިސްނެގުމުގެ މަތިން އެ މައްސަލަ ޓޫފޯވަން ކޮމިޓީން ބަލާނެ ކަމަށެވެ. އެއީ 241 ކޮމިޓީގެ މެއިންޑޭޓްގައި ހިމެނޭ ކަމެއް ކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.

ރޭގެ ހާދިސާއަކީ ރާއްޖޭގައި ބޭއްވި މުޒާހަރާއެއްގައި ރައީސެއްގެ މޮޓޯކޭޑަށް ހުރަސް އެޅި ފުރަތަމަ ފަހަރެވެ.

މުޒާހަރާގެ ބައިވެރިން ރައީސް ސޯލިހުގެ މޮޓޯކޭޑަށް ހުރަސް އެޅީ، ހުޅުމާލޭގައި ބޭއްވި ރެހެންދި އެވޯޑް ހަފުލާ އަށް ފަހު، ބޮޑުތަކުރުފާނު މަގުން އެމަނިކުފާނު ވަޑައިގަންނަވަނިކޮށެވެ. އެ މައްސަލައގައި ބައެއްމީހުންވަނީ ހައްޔަރު ކޮށްފައެވެ.