ޔޫތު މިނިސްޓްރީ އާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގުޅިގެން މި އަހަރު ކުރިއަށްގެން ދިޔުމަށް ހަމަޖެހިފައިވާ އެޕެރެންޓިސްޝިޕް ޕްރޮގްރާމުގެ ނުވަ ވަނަ ބެޗުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އެމްޕީއެލުން މިއަދު ކޮށްފައިވާ އިއުލާނެއްގައި ވަނީ މި ޕްރޮގުރާމުގައި އުމުރުން 18 އަހަރާއި 30 އަހަރާއި ދެމެދުގެ މީހުންނަށް ބައިވެރިވެވޭނެ ކަމަށެވެ. އަދި އަދި އޯލެވެލް އާއި އޭލެވެލް ނުވަތަ ދަށްވެގެން ގުރޭޑް އަށެއްގެ ފެންވަރު ހުރި މީހުންނަށް މި ޕްރޮގުރާމުގައި ބައިވެރިވެވޭނެ ކަމަށް ބުންޏެވެ.
- ހެވީ ވެހިކަލް އޮޕަރޭޓާ - 13 ޖާގަ
- ވެލްޑިން ޓެކްނީކްސް - 4 ޖާގަ
- މެރިން މެކޭނިކް - 2 ޖާގަ
- ކާޕެންޓަރު - 2 ޖާގަ
- މޭސަން - 2 ޖާގަ
- އިލެކްޓްރިކަލް - 4 ޖާގަ
- އޮޓޯމޯޓިވް މެއިންޓެނެންސް - 3 ޖާގަ
- ޓަގް އޮޕަރޭޓާ - 6 ޖާގަ
އެމްޕީއެލް އިން ބުނީ މި ޕްރޮގްރާމަށް ހޮވޭ ފަރާތްތަކަށް މަހަކު 5000 ރުފިޔާގެ އެލަވަންސެއް ދޭން ނިންމާފައިވާ ކަމަށެވެ.
މި ޕްރޮގްރާމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މިމަހުގެ 30 ވަނަ ދުވަހުގެ ކުރިން https://t.ly/IMO- ލިންކް މެދުވެރިކޮށް ފޯމް ހުށަހަޅަންޖެހެއެވެ.
އެމްޕީއެލް އިން މީގެ ކުރިން ހިންގި އެޕްރެންޓިސްޝިޕް ޕްރޮގުރާމަށްވެސް ބޮޑު ތަރުހީބެއް ލިބުނެވެ. އަދި އެ ޕްރޮގުރާމުތަކުގައި ބައިވެރިވެ ފާސްވި ކުދިންނަށް އެ ކުންފުނިން ވަނީ ވަޒީފާވެސް ހަމަޖއްސައިދީފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު