Close
ޚަބަރު

ގޯޕެކްގައި ރައްޔިތުންގެ މަޖިލީހުން ބައިވެރިވުމަށް ފާސްކޮށްފި

އިބްރާހިމް ޒަކީ

ގްލޯބަލް އޯގަނައިޒޭޝަން އޮފް ޕާލިމެންޓޭރިއަންސް އަގެއިންސްޓް ކޮރަޕްޝަން (ގޯޕެކް)ގައި ރައްޔިތުންގެ މަޖިލީހުން ބައިވެރިވުމަށް އެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

ގްލޯބަލް އޯގަނައިޒޭޝަން އޮފް ޕާލިމެންޓޭރިއަންސް އެގެއިންސްޓް ކޮރަޕްޝަން (ގޯޕެކް) ގައި ރައްޔިތުންގެ މަޖިލީހުން ބައިވެރިވުމަށް ފާސްކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުން ގޯޕެކް ގައި ބައިވެރި ވުމުގެ މައްސަލައަކީ، މަޖިލީހުގެ ރައީސް މުައްމަދު ނަޝީދު މަޖިލީހަށް ހުށަހެޅުއްވި މައްސަލައެކެވެ.

މިއަދުގެ ޖަލްސާގއި ގޯޕެކްގައި ބައިވެރިވުމަށް ފާސްކުރީ، އެވަގުތު ޖަލްސާގައި ތިއްބެވި 43 މެންބަރުންގެ އިއްތިފާގުންނެވެ.

ގޯޕެކް އަކީ ކޮރަޕްޝަނާއި ދެކޮޅަށް މަސައްކަތް ކުރުމުގެ މަގްސަދުގައި މަސައްކަތްކުރާ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަޖިލިސް މެންބަރުންގެ މައްޗަށް އެކުލެވިގެންވާ ބައިނަލްއަޤުވާމީ ޖަމިއްޔާއެކެވެ. ހެޔޮވެރިކަން ހަރުދަނާކޮށް، ގާނޫނުގެ ވެރިކަން ދެމެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރުމަކީ ވެސް އެ ޖަމިއްޔާގެ މަގްސަދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

ގޯޕެކްގެ މިޝަންގެ ތެރޭގައި ކޮރަޕްޝަނާއި ދެކޮޅަށް މަސައްކަތް ކުރާނެ ހަރުދަނާ ނިޒާމްތަކެއް ގާއިމްކުރުން ހިމެނެއެވެ.