މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަން އާއި މޯލްޑިވްސް ސްޕޯޓްސް ޗެނަލް އުވާލަން ކުޅިވަރާ ބެހޭ ގާނޫނަށް އިސްލާހު ހުށަހަޅައިފިއެވެ.
ސަރުކާރުގެ ފަރާތުން ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒު ހުށަހެޅުއްވި މި ބިލުގައި ސްޕޯޓްސް ކޯޕަރޭޝަން އާއި ސްޕޯޓްސް ޗެނަލްއާބެހޭ ހުރިހާކަމެއް ހިމަނާފައިވާ، ކުޅިވަރާބެހޭ ގާނޫނުގެ ހަތަރުވަނަ ބާރު އުވާލަން ވަނީ ހުށަހަޅައިފައެވެ.
އެ ބާބަކީ، އެތަންތަން އުފެއްދުމާއި ހިންގުމާއި، އެތަންތަނުގެ މަސްއޫލިއްޔަތުތަކާއި މަގުސަދުތައް ހިމަނާފައިވާ ބާބެވެ. އެހެންކަމުން ކުޅިވަރާބެހޭ ގާނޫނުގެ 23 ވަނަ މާއްދާއިން ފެށިގެން 31 ވަނަ މާއްދާ އާ ހަމައަށް އުވާލަން ބިލުގައި ހުށަހަޅާފައިވެއެވެ.
މި ބިލު ފާސްވެ ސްޕޯޓްސް ކޯޕަރޭޝަން އުވުމުން، އެ ތަނުގައި ތިބި މުވައްޒަފުންނަކީ ކުޅިވަރާބެހޭ ވުޒާރާގެ މުވައްޒަފުންގެ ގޮތުގައި ހަމަޖެހިގެންދާނެއެވެ.
އެއާއެކު އެކޯޕަރޭޝަންގެ މިލްކުވެރިކަމުގެ ދަށުގައި ނުވަތަ ބެލެހެއްޓުމުގެ ދަށުގައި ހުރި އެންމެހައި މުދަލާއި، ފައިސާ އާއި ވަސީލަތްތަކާއި، ގާނޫނީ ގޮތުންނާއި، އެއްބަސްވުންތަކުގެ ދަށުން އެ ކޯޕަރޭޝަނަށް ލިބިދޭ ހައްގުތަކާއި މަންފާތައް، އަދި ގާނޫނީ ގޮތުންނާއި އެއްބަސްވުންތަކުގެ ދަށުން އެ ކޯޕަރޭޝަން އަދާކުރަންޖެހޭ އެންމެގައި އިންތިޒާމުތައް، ކުޅިވަރާ ބެހޭ ވުޒާރާއަށް ބަދަލުވީ ކަމަށްވެސް ބިލުގައި ބުނެފައިވެއެވެ.
މި ބިލުގައި، ރާއްޖޭގެ ގައުމީ ކުޅިވަރުގެ އޮނިގަނޑު އެކުލެވިގެންވާގޮތް ބަދަލު ކުރުމަށާއި، ކުޅިވަރާ ބެގޭ ގައުމީ މަޖިލީހަށް ބަދަލު ގެނައުމަށް ވަނީ ހުށަހަޅައިފައެވެ.
އޮލިމްޕިކް ކޮމިޓީގެ ހިންގުން ހަރުދަނާ ކުރަން ވެސް މި ބިލުގައި ވަނީ އިސްލާހުތަކެއް ހުށަހަޅާއިފައެވެ.
ކުޅިވަރާބެހޭ ގިނަ ކަންތައްތަކަމަށް މި ބިލުގައި އިސްލާހު ހުށަހަޅާފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު