ފުލުހުންގެ ކާރެއްގައި ސައިކަލެއްޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.

ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ އެއާޕޯޓު ލައިޓް ކައިރީގައި މިއަދު 7:49 ހާއިރު ފުލުހުންގެ ކާރެއްގައި ސައިކަލެއްޖެހި ހިނގި އެކްސިޑެންޓުގައި ސައިކަލް ދުއްވި މީހާއަށް އަނިޔާވެފައިވާ ކަމަށެވެ. އެމީހާއަށް ހުޅުމާލޭ ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުންނެވެ.

އަނިޔާވި މީހާގެ ހާލަތާ ގުޅޭ ގޮތުން މައުލޫމާތު ހޯދުމަށް ހުޅުމާލޭ ހޮސްޕިޓަލްގެ މީޑިއާ އޮފިސަރަށް "ވަން" އިން ގުޅުމުން ވިދާޅުވީ މިއަދު ހެނދުނު 8:10 ހާއިރު އުމުރުން 19 އަހަރުގެ ފިރިހެނަކު އެ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.

އޮފިސަރު ވިދާޅުވީ އެމީހާއަށް އިމަޖެންސީ ރޫމުގައި މިހާރު ފަރުވާ ދެމުން އަންނަ ކަމަށެވެ. އެމީހާގެ ހާލު ސީރިއަސް ކަމެއް ނުވަތަ ނޫން ކަމެއް ވިދާޅެއް ނުވިއެވެ.

ފުލުހުން އަންނަނީ މި އެކްސިޑެންޓާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންނެވެ.