މާލޭގެ އިމާރާތެއްގެ މަތިން ކުޑަކުއްޖަކު ވެއްޓި މަރުވެއްޖެއެވެ.
ފުލުހުންގެ މީޑިއާއިން "ވަން" އަށް މިއަދު ބުނީ ހެންވޭރު ގެއެއްގެ ފަސްވަނަ ބުރިން ކުޑަކުއްޖަކު ވެއްޓިގެން އުޅޭކަމުގެ މައުލޫމާތު ރޭ ދަންވަރު 12:20ގައި ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
ވެއްޓިފައިވަނީ އުމުރުން ހަތަރު އަހަރުގެ ކުޑަ ފިރިހެން ކުއްޖެކެވެ.
ފުލުހުން ބުނީ އެކުއްޖާ އަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނިކޮށް މަރުވެފައިވާ ކަމަށް އެ ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށެވެ.
ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.
ރޭ މާލޭގެ އިމާރާތެއްގެ މަތިން ކުޑަ ފިރިހެން ކުއްޖަކު ވެއްޓި މަރުވެފައިވާއިރު މިދިޔަ އަހަރު ހުޅުމާލޭގެ އިމާރާތެއްގެ ހަތަރުވަނަ ބުރިން ވެއްޓި އުމުރުން ހަތަރު އަހަރުގެ އަންހެންކުއްޖަކުވެސް ވަނީ މަރުވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު