ޕޯސްޓު މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު ނުވަ ލައްކަ ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ.

މޯލްޑިވްސް ކަސްޓަމް ސާވިސްއިން މިއަދު ބުނީ މިމަހުގެ ހަތްވަނަ ދުވަހު އިނގިރޭސިވިލާތުން ރާއްޖެ ގެނައި ޕެކޭޖުތަކެއް ބަލައިފާސްކޮށް މަސްތުވާތަކެއްޗަށް ޓެސްޓުކުރުމުން މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މެފެޑްރޯންއަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.

އެ ތަކެތީގެ ބަރުދަނުގައި 520 ގްރާމް ހުރި ކަމަށާއި އެތަކެތީގެ މަގުމަތީގެ އަގަކީ ނުވަ ލައްކަ ރުފިޔާ ކަމަށްވެސް ކަސްޓަމްސްއިން ބުންޏެވެ.

އެ ޕެކޭޖު މިހާރު ވަނީ ފުލުހުންނާ ހަވާލުކޮށްފައި ކަމަށްވެސް ކަސްޓަމްސްއިން ބުންޏެވެ.