ވައްކަން ކުރުމުގެ ތުހުމަތުގައި ހައްޔަރުކުރި އއ. ތޮއްޑޫ/ ފިނިފެންމާގޭ އަލީ ޝާހިދު (37އ) 99 ވަނަ ފަހަރަށް ކުރިިނަލް ކޯޓުން ބަންދުކޮށްފިއެވެ.

މި މައްސަލައިގައި ބަންދުގެ މުއްދަތު ޖެހުމަށް އޭނާ އިއްޔެ ކުރިމިނަލް ކޯޓަށް ހާޒިރު ކުރުމުން މިފަހަރު އޭނާގެ ބަންދަށް ޖަހާފައި ވަނީ ތިން ދުވަހުގެ މުއްދަތަކަށެވެ. އެހާ ކުރު މުއްދަތެއް ބަންދައްޖެހީ އޭނާގެ ވަކީލެއްގެ ފުރުސަތަށް އެދިފައިވާތީ ކަމަށް، އޭނާ ބަންދު ކުރުމަށް އެންގި ކޯޓު އަމުރުގައި ބުނެފައިވެއެވެ.

އެ ކޯޓު އަމުރުގައި އިތުރަށް ބުނެފައި ވަނީ އޭނާގެ ކުށުގެ ރެކޯޑަށް ބަލާއިރު އޭނާއަކީ މީގެ ކުރިން 98 ފަހަރަށް ހައްޔަރުކޮށްފައިވާ މީހެއް ކަމަށެވެ. އަދި 41 ފަހަރު އޭނާ ބަންދަށް ބަދަލުކޮށްފައިވާކަން އެނގެން އޮންނަ ކަމަށެވެ.

އެހެންކަމުން އޭނާއަކީ ކުށުގެ ވެށީގައި އުޅޭ މީހަކަށް ބެލެވޭ ކަމަށްވެސް ކޯޓު އަމުރުގައި ބުނެފައިވެއެވެ.