ހުޅުމާލޭ ދެ ފިޔަވަހި ގުޅޭ ސަހައްދުގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ހިންގާ އާބަން ބޮލަވާޑް މަޝްރޫއުގައި ހިމެނޭ ކެފޭ/ ރެސްޓޯރެންޓްތައް ހަދަން ހަ ކުންފުންޏަކާއެކު މިއަދު ސޮއިކޮށްފިއެވެ.
މީރުމާ ހޮޓެލްގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި ޑިޒައިން އެންޑް ބިލްޑް އުސޫލުން ކެފޭ/ ރެސްޓޯރެންޓުތައް ހަދަން ހަވާލުކުރި ކުންފުނިތަކާއެކު އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް ފައިނޭންޝަލް އޮފިސަރު އަހުމަދު ޝާމްއެވެ.
- ބްރަދާސް ކޭޓަރިންން
- ރެފްކޫލް
- ސެލްސިއަސް ޕްރައިވެޓް ލިމިޓެޑް
- މިސްރާބު ޕްރައިވެޓް ލިމިޓެޑް
- ޑްރީމްސް ޕްރައިވެޓް ލިމިޓެޑް
- ޑައިނެމޯ ރެސްޓޯރެންޓްސް
ބްރަދާސްގެ ފަރާތުން އެ ކުންފުނީގެ މެނޭޖަރު މުހައްމަދު ޝައިފް ސޮއިކުރެއްވި އިރު، ރެފްކޫލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ އޮޕަރޭޝަނަލް މެނޭޖަރު އަހުމަދު ނިހާދެވެ. ސެލްސިއަސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލް ސޮއިކުރެއްވި އިރު، މިސްރާބު ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރު އަހުސަން ޒާހިރެވެ.
މީގެ އިތުރުން ޑައިންމޯ ރެސްޓޯރެންޓްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ އަލީ ސޮއިކުރެއްވި އިރު، ޑްރީމްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރު އިބްރާހިމް ހުސެއިންއެވެ.
ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝާހް ވިދާޅުވީ، އާބަން ބޮލެވާޑް ނިމިގެންދާއިރު، އެ ސަރަހައްދުވެގެން ދާނީ ހުޅުމާލޭގެ ތަރައްގީއާއި ބަދަހިވަންތަ މުޖުތަމައު ދައްކުވައިދޭ ފުރިހަމަ ރަމްޒަކަަށް ކަމަށެވެ. އަދި ދުނިޔޭގެ ގިނަ ގައުމުތަކުގައިވެސް ތަރައްގީކޮށްފައި ހުންނަ ބޮލެވާޑްތަކާއި އެއްގޮތަށް ހުޅުމާލޭގެ އާބަން ބޮލެވާޑްވެސް ވެގެންދާނީ ގިނަ ހިދުމަތްތަކެއް އެއްތަނަކުން ލިބިގެންދާނެ ތަނަކަށް ކަމަށް ވިދާޅުވިއެވެ.
ޝާހް އިތުރަށް ވިދާޅުވީ، ބޮލްވާޑްގައި ހަދާ ކެފޭ/ ރެސްޓޯރެންޓްތަކުން ތަފާތު ގިނަ ކެއުންތައް ލިބިގެންދާނެ ކަމަށާއި އެ ކެފޭތައް ޑިޒައިންކޮށްފައި ވަނީ ތިމާވެއްޓާ ރައްޓެހި އަދި އާބަން ބޮލެވާޑްގެ ރީތި ކަމަށް ބަލާ، އޭގެ އަސްލު ނުގެއްލޭ ގޮތަށް ކަމަށެވެ.
ޚަބަރު
ޚަބަރު