ނ. މަނަދޫ މަގުތަކުގައި ތާރުއަޅަން ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ހަވާލުކޮށްފިއެވެ.

އެ މަޝްރޫއު އާރްޑީސީއާ ހަވާލުކުރުމަށް ޕްލޭނިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކްރަޓަރީ ޒީނިޔާ އަހްމަދު ހަމީދެވެ. އާރްޑީސީގެ ފަރާތުން ސޮއި ކުރެއްވީ ޖެނެރަލް މެނޭޖަރު އަހްމަދު ޝާހިދެވެ.

ޕްލޭނިން މިނިސްޓްރީން ބުނީ މަނަދޫ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް އާރްޑީސީއާ ހަވާލުކުރީ 540 ދުވަހުން ނިންމާ ގޮތަށް 75،735،385 މިލިއަން ރުފިޔާއަށް ކަމަށެވެ.

އެ މަޝްރޫއުގެ ދަށުން މަނަދޫގެ 4.2 ކިލޯމީޓަރުގެ މަގުގައި އާރްޑީސީން ތާރު އެޅުމަށް ވަނީ ހަމަޖެހިފައެވެ. އަދި މަގުތަކުގައި ފެން ހިންދާނެ ނިޒާމް ގާއިމުކުރުމާއި މަގުތަކުގައި މަގުބައްތި ޖެހުމުގެ މަސައްކަތް ވެސް އާރްޑީސީން ކުރާނެއެވެ.