މާލޭގެ މިސްކިތްތައް މަރާމާތު ކުރުމުގެ މުހިންމު މަސައްކަތްތައް ރޯދަމަހުގެ ކުރިން ނިމޭނެ ކަމަށް، މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ ރޯދަ މަސް ފެށޭނީ މި މަހުގެ 23 ގައެވެ.
މޭޔަރު މުއިއްޒު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރޯދަމަހަށް މިސްކިތްތައް މަރާމާތު ކުރުމުގެ މަސައްކަތްތަކުގައި އެއްފަހަރާ ގިނަ މިސްކިތްތަކެއްގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށެވެ.
"އިންޝާ ﷲ ގިނަ މިސްކިތްތަކުގެ އެންމެ މުހިންމު މަސައްކަތް ކުރިއަށް އޮތް ދެ ހަފުތާ ތެރޭ ނިމޭނެ،" މުއިއްޒު ވިދާޅުވިއެވެ.
މާލޭގެ މިސްކިތްތަކުގެ ތެރެއިން އިސްލާމީ މަރުކަޒާއި ކިންގް ސަލްމާން މިސްކިތް ފިޔަވައި އެހެން މިސްކިތްތައް ބަލަހައްޓަނީ ސިޓީ ކައުންސިލުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު