Close
ޚަބަރު

ސައުދީގެ ފްލައިނަސް އިން ރާއްޖެއަށް ދަތުރުތައް ފަށަނީ

ސައުދީ އަރަބިއާގެ ބަޖެޓް އެއާލައިނެއް ކަމަށްވާ ފްލައިނަސް އިން ރާއްޖެއަށް ސީދާ ދަތުރުތައް ފަށަން ނިންމައިފިއެވެ.

ފްލައިނަސްއާ ހަވާލާދީ އެރެބިއަން ބިޒްނަސް ނޫހުގައި ބުނެފައިވާ ގޮތުން ފްލައިނަސްގެ ދަތުރުތައް ރާއްޖެއަށް ފަށަން ނިންމާފައިވަނީ ހޫނު މޫސުމާ ދިމާކޮށެވެ.

އެގޮތުން އެ ދަތުރުތައް ބާއްވާނީ ރިޔާދުގައި ހުންނަ ކިންގް ހާލިދު އިންޓަނޭޝަނަލް އެއާޕޯޓުން ކަމަށް ބުނެފައިވެއެވެ. މިއީ ސައުދީއާ ދުނިޔެއާ ގުޅުވާލަން އެ އެއާލައިނުން އިސްނަގައިގެން ކުރަމުން އަންނަ މަސައްކަތުގެ ދަށުން ފަށާ ދަތުރުތަކެކެވެ.

އެމްއޭސީއެލްގެ މީޑިއާ އިން މިއަދު "ވަން" އަށް ބުނި ގޮތުގައި، ފްލައިނަސްގެ ދަތުރުތައް ފަށާނީ އަންނަ މެއި މަހުން ފެށިގެންނެވެ. އަދި ކޮންމެ ހަފުތާއަކު ތިން ފްލައިޓް ބާއްވާނެ ކަމަށް ބުންޏެވެ. އެއީ އަންގާރަ، ބުރާސްފަތި އަދި ހޮނިހިރު ދުވަހުއެވެ.

މި ދަތުރުތަކުގައި ބޭނުންކުރާނީ އެއާބަސް އޭ320 ނިއޯ މަރުކާގެ ބޯޓެކެވެ. އެއީ 170 މީހުންގެ ޖާގައިގެ ބޯޓުތަކެކެވެ.