Close
ޚަބަރު

ޕައިލިން މަސައްކަތް ކުރުމަށް ހުޅުލޭގެ އިރު އުތުރުފަރާތު ފަޅުގައި އަޅާފައިވާ އުޅަނދުތައް ނަގަން އަންގައިފި

ރިފާ ހަލީލު

ހުޅުލޭގެ އިރު އުތުރުފަރާތުގައި އަޅާފައިވާ އުޅަނދުތައް ނެގުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އަންގައިފިއެވެ.

އެމްއޭސީއެލް އިން މިއަދު ބުނީ އެ ސަރަހައްދުގައި އަޅާފައިވާ އުޅަނދުތައް ނަގަން އަންގާފައިވަނީ ހުޅުލެ އާއި ހުޅުމާލޭގެ ފަޅު ވަކި ކުރުމަށްޓަކައި، ވޯޓާ ފެންސް ޖެހުމަށް ހަރުކޮށްފައިވާ އޮރެންޖު ބޮއި ސަރަހައްދުގައި ޕައިލިން މަސައްކަތް ކުރުމަށް ކަމަށެވެ.

މި އުޅަނދުތައް އަންނަ ބުރާސްފަތި ދުވަހުގެ ކުރިން ނެގުމަށް އެކުންފުނިން ވަނީ އަންގައިފައެވެ. އަދި ކަނޑު އުޅަނދުފަހަރުގެ ރައްކާތެރިކަމަށްޓަކައި އޮރެންޖު ބޮއި އިން ފެށިގެން އުތުރަށް، ހުޅުމާލެ ފަޅިއާ 20 މީޓަރު ނުވަތަ 65 ފޫޓު ދުރުމިނެތްގައި ބެހެއްޓުމަށްވެސް އެކުންފުނިން ވަނީ އިލްތިމާސްކޮށްފައެވެ. މި އެންގުމާ ހިލާފަށް އުޅަނދެއް ބަހައްޓާފައި ނުވަތަ ވަދެއްޖެނަމަ ލިބޭ ގެއްލުމުގެ ޒިންމާ އެ ކުންފުނިން ނުނަގާނެ ކަމަށްވެސް ބުންޏެވެ.

އޭގެ އިތުރުން މި މަހުގެ 10 ވަނަ ދުވަހުން ފެށިގެން އެ ސަރަހައްދުގައި އަޅާފައި ބަހައްޓާ އުޅަނދުފަހަރު ފުލުހުން ނަގަމުންދާނެ ކަމަށްވެސް ބުންޏެވެ.