މ . ތުވަރު ކައިރިން ދަތުރުކުރަމުން ދިޔަ "އާގަލާ" ނަމަކަށް ކިޔާ މާލެ ދަތުރު ކުރާ ބޯޓެއްގައި އަލިފާން ރޯވެގެން ކޯސްގާޑުގެ ސެންޓްރަލް އޭރިއާ ކޮމާންޑުން ހަރަކާތްތެރިވާން ފަށައިފި އެވެ.
އެމްއެންޑީއެފުން ބުނާ ގޮތުގައި، މި ބޯޓުގައި ތިބި މީހުން ވަނީ އަލިފާން ރޯވުމުން ކަނޑަށް ފުންމާލައިފައެވެ. އޭގެ ތެރޭގައި ތިބީ އިންޑިއާ 5 މީހަކާއި ބަނގްލަދޭޝް 5 މީހަކާއި 5 ދިވެހީން ކަމަށެވެ. މިހާރު މީހުން ލޮކޭޓް ކުރެވި ސަލާމަތް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އެމްއެންޑީއެފުން ބުނެ އެވެ.
ނުފެނިގެން ހޯދަމުން އަންނަނީ އިންޑިއާ މީހެކެވެ.
މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފަށް ލިބިފައި ވަނީ ރޭ ދަންވަރު 02:47 ގައި ކަމަށް އެމްއެންޑީއެފުން ބުނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު