މުޅި ރާއްޖެއަށް ހުޅުވާލައިގެން އަތޮޅުތަކުގެ ރަށްތަކަށް ބާއްވާ ރާއްޖޭގެ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2023 ގައި މިރޭ ކުޅެން އޮތް ތިން ޒޯނެއްގެ ފައިނަލް މެޗު، ވިއްސާރަވުމުގެ ސަބަބުން މާދަމާ ރެއަށް ފަސްކޮށްފިއެވެ.
ވަރުގަދަ އަތޮޅު ބުރު ނިމި، ގޯލްޑަން ފުޓްސަލް ޗެލެންޖް 2023ގައި މިހާރު ކުރިއަށް ދަނީ ޒޯން ބުރުގެ ފޯރިގަދަ ފައިނަލް މެޗުތަކެވެ. ރޭ ވަނީ ތިން ޒޯނުގެ ފައިނަލްތައް ކުޅެ، ތަށި ދީފައެވެ. މިރޭ ބާކީ ނުނިމި އޮތް ތިން ޒޯނުގެ ފައިނަލް މެޗުތައް ކުޅެން އޮތް ނަމަވެސް، މިވަގުތު މާލެ ސަރަހައްދަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން މެޗުތައް ވަނީ މާދަމާ ރެއަށް ފަސްކޮށްފައެވެ.
މިރޭ ކުޅެން އޮތީ ޒޯން ހަތަރެއްގެ ފައިނަލުގައި އދ. މާމިގިއްޔާއި މ. ދިއްގަރު ވާދަކުރާ މެޗުގެ އިތުރުން ޒޯން ތިނެއްގެ ފައިނަލުގައި ކ. ގާފަރާއި އއ. ބޮޑުފޮޅުދޫ ވާދަކުރަން އޮތް މެޗު އަދި ޒޯން ފަހެއްގެ ފައިނަލުގައި ތ. ތިމަރަފުއްޓާއި ދ. ކުޑަހުވަދޫ ވާދަކުރަން އޮތް މެޗެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖުގައި މިފަހަރު ރާއްޖޭގެ އެކި ކަންކޮޅުތަކުން 102 ޓީމަކުން ބައިވެރިވެފައިވެއެވެ. މިހާރު އަތޮޅު ބުރުގެ ފޯރިގަދަ މެޗުތައް ނިމި، އަތޮޅު ޗެމްޕިއަނުން ކަނޑައެޅިފައި އޮތް އިރު، މިހާރު ކުރިއަށް ދަނީ ޒޯން ބުރުގެ ފައިނަލް މެޗުތަކެވެ. މިއަހަރުގެ ވެސް ގޯލްޑަން ފުޓްސަލް ޗެލެންޖުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން އޮންލައިން" އެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް