ނ.ވެލިދޫ ދޯނި އެހެލާ ސަރަހައްދުގެ މަސައްކަތުގެ 71 ޕަސެންޓު މަސައްކަތް ނިމިއްޖެކަމަށް އެ މަސައްކަތުގެ ކޮންޓްރެކްޓަރު އެމްޓީސީސީން ބުނެފިއެވެ.

މި މަޝްރޫއުގެ މަސައްކަތަށް ބޭނުންވާ ބޮޑު ހިލައިގެ މަސައްކަތުގެ އެންމެ ފަހު ޝިޕްމެންޓު ޕްރޮޖެކްޓު ސައިޓަށް މިހާރު ގެންގޮސްފައިވާ ކަމަށް އެމްޓީސީސީން ބުންޏެވެ.

މި މަޝްރޫއަކީ ޕްލޭނިން މިނިސްޓްރީގެ ފަރާތުން 6 އޭޕްރިލް 2021 ގައި އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ. މަޝްރޫއުގެ އަގަކީ 18.39 މިލިއަން ރުފިޔާއެވެ.

މި މަޝްރޫއުގެ ދަށުން 1.5 ހެކްޓަރުގެ ބިން ހިއްކުމާއި 138،247 މީޓަރުގެ ސަރަހައްދެއް ލެވެލް ކުރުމާއި 214 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި 100 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމުގެ މަސައްކަތް ހިމެނެއެވެ.